ހަބަރު

ކުރިޔަށް އޮތް 24 ގަޑިއިރު ވިއްސާރަ ކުރާނެތީ ސަމާލުވާން އަންގައިފި

May 6, 2015

ކުރިޔަށް އޮތް 24 ގަޑިއިރުތެރޭގައި ރާއްޖޭގެ މޫސުން ގޯސްވެ ވިދާ ގުގުރައި، ގަދަވަޔާއެކު ވާރޭ ވެހޭނެ ކަމަށް މޫސުމާބެހޭ އިދާރާއިން ލަފާކޮށްފައިވުމާއެކު އެކަމަށް ސަމާލުކަންދީ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަން ފުލުހުން އެދެފި އެވެ.

"މޫސުން ގޯސްވެ ކަނޑުގަދަވެއްޖެނަމަ ކަނޑުދަތުރު ކުރާ ފަރާތްތަކުން ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވިފައިވާ ކަމުގެ ޔަޤީންކަން ހޯއްދެވުމަށްފަހު މެނުވީ ދަތުރަށް ނުފެށުމަކީ މުހިއްމު ކަމެކެވެ،" ފުލުހުންގެ ވެބްސައިޓްގައި ވެއެވެ. "ހަމައެހެންމެ ދަތުރަށް ފެށުމުގެ ކުރިން މޫސުމާބެހޭ ފުރިހަމަ މަޢުލޫމާތު ހޯއްދަވައި ކޮންމެހެން ކުރަންޖެހޭ ދަތުރެއް މެނުވީ ރޭގަނޑުގެ ވަގުތުތަކުގައި ނުކުރެއްވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ."

ކުރާ ދަތުރުތަކުގައިވެސް ރައްޔިތުންނާއި މުދަލުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައި ކަމާބެހޭ އިދާރާތުކުން މޫސުމާބެހޭ މަޢުލޫމާތު ސާފުކުރުމަށްފަހު ދަތުރު ކުރުމަށްފަހު ދަތުރުތައް ކުރަން ވެސް ފުލުހުން ވަނީ އެދިފައެވެ.