ހަބަރު

އިދިކޮޅު ހަރަކާތް ހުއްޓާ ނުލަން އިމްރާން އެދޭ: އަނބިކަނބަލުން

May 6, 2015
2

"އަނިޔާވެރިކަން ނިންމަން" ފެށި ހަރަކާތް ދޫކޮށްނުލައި ކުރިޔަށް ގެންދަން އަދާލަތުގެ ރައީސް އިމްރާން އަބްދުﷲ އިލްތިމާސް ކުރައްވާފައިވާކަމަށް، އިމްރާންގެ އަނބިކަނބަލުން ވިދާޅުވެއްޖެ އެވެ.

އިމްރާންގެ އަނބިކަނބަލުންނާ ހަވާލާދީ އަދާލަތު ޕާޓީން ކުރި  ޓްވީޓެއްގައި ބުނަނީ ފަށާފައިވާ ހަރަކާތް ދޫނުކޮށްނުލައި ކުރިއަށްދާން އިމްރާން އިލްތިމާސް ކުރައްވާ ކަމަށެވެ.

މިވަގުތު އިމްރާން ހުންނެވީ ދޫނިދޫ ބަންދުގަ އެވެ. އޭނާ ހައްޔަރު ކުރީ މިދިއަ ހުކުރު ދުވަހުގެ އެއްވުމަށްފަހު އެއްވުމުގެ ބައިވެރިން މުޒާހަރާ ކުރަމުންދިޔައިރު ގެއެއްގެ ތެރޭގައި ހުންނަވަނިކޮށެވެ.