ހަބަރު

މަޖިލީހުގެ ހާޒިރީގެ ފުލުގައި ސިޔާމާއި ޝާހިދު

May 6, 2015

ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ޖަލްސާތަކުގެ ހާޒިރީގެ ފުލަށް ދިޔަ ދެ ބޭފުޅުންނަށް އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް އާއި ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދު ވެއްޖެ އެވެ.

މެންބަރުން ޖަލްސާތަކަށް ވަޑައިގެންނެވި ގޮތުގެ ހާޒިރީ މަޖިލީހުން އާންމުކޮށްފައިވާއިރު މިދައުރުގެ 23 ޖަލްސާގެ ތެރެއިން ސިޔާމް ހާޒިރުވެވަޑައިގެންނެވީ ހަތަރު ޖަލްސާއަށެވެ. އަދި 19 ޖަލްސާއަކަށް ސަލާމް ވިދާޅުވެ ވަޑައެއް ނުގަންނަވަ އެވެ.  

މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު 17 ޖަލްސާއަކަށް ސަލާމް ވިދާޅުވި އިރު ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް އަށް ޖަލްސާއަށް ސަލާމް ވިދާޅުވި އެވެ.

މި ދައުރުގެ ހުރިހާ ޖަލްސާއަކަށް ވަޑައިގެންނެވީ 38 މެމްބަރުންނެވެ.