ހަބަރު

އެމްޖޭއެމްގެ އާ އިމާރާތް އަޅަން ހައިމަން ކޮންސްޓަކްޝަނަށް ދީފި

May 6, 2015

ފުވައްމުލަކު މަދަރަސަތުއް ޝެއިޚް މުހައްމަދު ޖަމާލުއްދީން (އެމްޖޭއެމް) ގެ އާ އިމާރާތް އަޅަން ހައިމަން ކޮންސްޓަކްޝަން ޕްރައިވެޓް ލިމިޓެޑާއެކު އެޑިޔުކޭޝަން މިނިސްޓްރީން މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެޑިޔުކޭޝަން މިނސްޓްރީގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހުމަދު ޝަފީއުއެވެ. ހައިމަން ކޮންޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޑިރެކްޓަ މުހައްމަދު އައިމަން އެވެ.

ދެ ބުރީގެ މި ސުކޫލްގެ އާ އިމާރާތުގެ މަސައްކަތް 183 ދުވަހުގެ ތެރޭގައި ނިންމަންޖެހެ އެވެ.

ޖަޕާންސަރުކާރުގެ ހިލޭ އެހީގައި އިމާރާތްކުރާ އަށް ކްލާސް ރޫމްގެ މި ސްކޫލް އަޅަން ޖަޕާނުން 201.167.00 ޑޮލަރު ދީފައި ވެއެވެ. މިއިމާރާތައް ބޭނުންވާ ފަރުނީޗަރާ، އެހެނިހެން ވަސީލައްތަކަށް ސަރުކާރުން 260،000.00ރ. ހަރަދު ކުރެ އެވެ. މި ސުކޫލުގައި 428 ދަރިވަރުން ތައުލީމް ހާސިލްކުރެ އެވެ.