ހަބަރު

"ސެލެކް" ކެފޭ: ލާމަށް ލުއި މީރު ކަމެއް!

Jan 27, 2018
3

އަތޮޅުތަކުގެ ރަށްރަށް ވެސް ސައި ހޮޓާތައް ދޫކޮށް ހިތްގައިމް ކުރެހުންތަކާއި ރީތި ޑެކަރޭސަންތަކުގެ ފުރިހަމަ ކޮފީ ސޮޕްތަކާއި ދިމާއަށް މިސްރާބު ޖަހާފައިވާއިރު ބާރަށް ކުރިއަރަމުން އަންނަ ލާމުގައި ފެންވަރުގެ ކޮފީޝޮޕްތަކާއި ކެފޭތައް މަދެވެ. ހާއްސަކޮށް އެއްފަހުން ގުޅިފައިވާ ރަށްތަކުގައި އޮތް ބޮޑު އާބާދީއަށް ބޭނުންވާ ވަރާ ގާތަށް ވެސް ކޮފީ ޝޮޕްތައް ނެތެވެ.

މިފަހަރު މިއައީ ކުޑަކުޑަ ބަދަލެކެވެ. ލާމަށް ވެސް މިފަދަ ފުރިހަމަ ކެފޭއަކުން ވަނީ ހިތްގައިމުކަމާއެކު ގިނަ ބަޔަކަށް ރަހަ މީރުކޮށްލާނެ ފަސޭހަކަން ގެނުވައިދީފަ އެވެ. ލާމް ގުޅިފައިވާ ރަށްތަކުގެ ތެރެއިން އަތޮޅުގެ ވެރިރަށް ފޮނަދޫގައި "ސެލެކް" ގެ ނަމުގައި ހުޅުވި ކެފޭ މިހާރު ވަނީ އަތޮޅުގެ ގިނަ ބަޔަކަށް ވަރަށް ކަމުގޮސްފަ އެވެ. މަޝްހޫރު ތަނަކަށް ވެސް ވެފައެވެ.

ފޮނަދޫގައި ހުޅުވި ސެލެކްގެ ފްލޯ މެނޭޖަރު މަރިޔަމް ސިޔާޒާ މިއަދު ވިދާޅުވީ ލާމުގައި ހުޅުވި ސެލެކް ހުޅުވުމާއެކު ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށާއި އެންމެ ކެފޭ އާއި އިންވެގެން ދެބުރިއަށް ހަދާފައިވާ "ސެލެކް" ސޮޕާއި ގުޅާލެވި އެއްތަނެއްގެ ގޮތުގައި ހިންގަމުންދާތީ ވަންނަ މީހުންނަށް ހުރިހާ ގޮތަކުން ފަސޭހަވުން ކަމަށެވެ.

"އެންމެ ހާއްސަ ކަމަކީ ސެލެކް ސޮޕުން ވިޔާފާރިކޮށްގެން ސެލެކް ކެފޭއިން ކޮފީއެއް ނޫނީ ލުއި ބުއިމެއް ބޮއެގެން ނޫނީ ޓްކް އަވޭ ހަދައިގެން ވެސްް ދާންވީ." ސިޔާޒާ ވިދާޅުވި އެވެ.

ސާޅީސް ފަސް މީހުންގެ ޖާގައިގެ މި ކެފޭ ފަރުމާ ކޮށްފައި ވަނީ ދުންފަތުގެ އިސްތިއުމާލް ކުރުން މަނާ ތަނެއްގެ ގޮތުގައި ސެލެފް ސާވިސް އުސޫލަށެވެ.

އެ ކެފޭއިން ބުނީ އެންމެ ބޮޑު ބޭނުމަކީ އާއިލާތަކާއި ޒުވާނުންނަށް ހިތް ފަސޭހަ ކަމާއެކު ކޮފީ އާއި އެފަދަ ލުއި ބުއިންތައް ބޯލެވޭނެ ދުޅަހެޔޮ މާހައުލެއް ލާމްގައި ހާއްސަކޮށް ބޮޑު އާބާދީއެއް އޮތް ފޮނަދޫގައި ވެސް ހުރުން ކަމަށެވެ.