މީރާ

ޖީއެސްޓީ ދައްކަން ދެ ކުންފުންޏަކަށް ކޯޓުން ހުކުމްކޮށްފި

Jan 29, 2018
1

ޖީއެސްޓީ ނުދައްކާ ދެ ކުންފުންޏެއްގެ މައްޗަށް އެ ފައިސާ އާއި އެއާގުޅޭ ޖޫރިމަނާ ދެއްކުމަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ ގެޓް ފެޓް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއި ޓޫ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށެވެ.

ގެޓް ފެޓް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ޖީއެސްޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 196,498 ރުފިޔާ އެއް މަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސް ކުރުމަށް ހުކުމްކޮށްފައިވާއިރު ޓޫ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ހުކުމް ކޮށްފައިވަނީ ޖީއެސްޓީ އާއި އެއާގުޅޭ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 1,059,891.98 ރުފިޔާ ދެ މަސް ދުވަހުގެ ތެރޭގައި ދައްކާ ހަލާސް ކުރުމަށެވެ.

މީގެއިތުރުން ދައުލަތަށް ދައްކަންޖެހޭ ޖީއެސްޓީ އަދި އެއާގުޅޭ ޖޫރިމަނާގެ ފައިސާ ހޯދުމަށް ނުވަ ފަރާތެއްގެ މައްސަލަ މިއަހަރުގެ ތެރޭގައި ކޯޓަށް ހުށަހަޅައިފައިވާ ކަމަށް މީރާއިން ބުންޏެވެ.