ހަބަރު

ރިޔާސީ ބަޔާން އިއްވުންް އަންނަ ހޯމަ ދުވަހު

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވަައި، ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ އަންނަ ހޯމަ ދުވަހު ދަރުބާރުގޭގައި ބާއްވަން މަޖިލީހުންް ތާވަލް ކޮށްފިއެވެ.

މަޖިލިސް ހުޅުވުމުގެ ޖަލްސާ ރާއްޖޭގައި ކުރިއްސުރެ ބާއްވަމުން އައީ މަޖިލިސްކުރާ ގޭގައެވެ. އެ ކަން ބަދަލުކޮށް ޖަލްސާ ދަރުބާރުގޭގައި ބާއްވަން ފެށީ މިދިޔަ 2017 ވަނަ އަހަރުއެވެ.

މިއަހަރުގެ ފުރަތަމަ ދައުރު ހޯމަ ދުވަހު ފަށާއިރު މަޖިލިސް އޮތީ ވަރަށް ބޮޑު މައްސަލަގަނޑެއްގެ ތެރޭގައެވެ. އެއީ މިދިޔަ އަހަރު ސުޕްރީމްކޯޓުން ނެރުނު ރޫލިންެއަކާ ގުޅުވައިގެން މަޖިލީހުގެ 12 ދާއިރާއެއްގެ ގޮނޑި ހުސްވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީން) ވަނީ ނިންމާފައެވެ. ނަމަވެސް އެއީ ސުޕްރީމްކޯޓުގެ ރޫލިން ނުބައިކޮށް މާނަކޮށްގެން ނިންމި ނިންމުމެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން އަންނަނީ އެކަމާ ދެކޮޅު ހަދަމުންނެވެ.

އީސީގެ ނިންމުމުގެ ސައްހަކަމާ މެދު ގޮތެއް ނިންމައިދޭން ، އެދި މެމްބަރުން އަންނަނީ ސުޕްރީމްކޯޓަށް ހިނގަމުންނެވެ.ނަމަވެސް ސުޕްރީމްކޯޓުން އެކަމުގައި އަދި ބަހެއް ނުބުނެއެވެ.