ރޭޕް

އިންޑިއާގައި މިފަހަރު ރޭޕް ކުރީ އަށް މަހުގެ ކުއްޖެއް

އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އުމުރުން އެންމެ އަށް މަހުގެ ތުއްތު އަންހެން ކުއްޖަކު ރޭޕް ކޮށްލައިފި އެވެ. ބީބީސީ ބުނީ ތުއްތު ކުއްޖާ ރޭަޕް ކުރިކަމުގެ ތުހުމަތު ވަނީ އެކުއްޖާއާ ދެބެންގެ ދެެދަރި މީހަކަށް ކަަމަށެވެ. އުމުރުން 28 އަހަރުގެ އެމީހާ މިހާރު ހުރީ ހަައްޔަރު ކޮށްފައެވެ.

ރޭޕްކޮށްލުމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިފައިވާ ތުއްތު ކުއްޖާއަށް ހޮސްޕިޓަލެއްގައި އަންނަނީ ފަރުވާ ދެމުންނެވެ. ނަމަވެސް އެކުއްޖާ އަދި ވެސް އޮތީ ވަރަށް ނާޒުކު ހަލަތެއްގަ އެވެެ.

އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ޖަމިއްޔާއެއް ކަަމަށްވާ "ދިއްލީ ކޮމިޝަން ފޯ ވޮމެން" ގެ ވެރިޔާ ސްވާތީ މަލިވާލްް ވިދާޅުވެފައިވާ ގޮތުގައިި އެކުއްޖާ އޮތީ ބިރުންް ފިއްކަނޑައިގެންދާ ފަދަ ހާލަތެއްގަ އެވެ. އެ ކުއްޖާގެ ތިން ގަޑި އިރުގެ އޮޕަރޭޝަނެއްް ކުރަން ޖެހުނު ކަމަށް މަލިވާލީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.

ރޭޕްގެ ޖަރީމާތައް އިންޑިއާގައި ވަނީ އިތުރު

އެހާދިސާ ހިނގީ މިދިޔަ އާދީއްތަ ދުވަހު ކަމަށް ވިޔަސް މީޑިއާގެ ސަމާލުކަމަށް އެކަން އައީ އިއްޔެ އެވެ. އެ ހާދިސާއާ ގުޅިގެން ޝޮކެއް ލިބިފައިވާ ކަަމަށް ބުނަމުން ދިޔަސް އިންޑިއާގެ ކަމާ ބެހޭ އިދާރާތަކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެ ގައުމުގައި އެފަދަ ގިނަ ހާދިސާތަކެއް ވަނީ ހިނގާފައެވެ.

އިންޑިއާގެ ނެޝަނަލް ކްރައިމް ރެކޯޑްސް ބިއުރޯގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އެގައުމުގައި 2016 ވަނަ އަހަރު ކުޑަކުދިން ރޭޕް ކުރުމުގެ 19765 ހާދިސާ ރިޕޯޓް ކޮށްފައި ވެއެވެ. އެއީ އޭގެ ކުރީ 2015 ވަނަ އަހަރަށް ވުރެ 82 ޕަސެންޓް އިތުރު އަދަދެކެވެ. ދެހާސް ފަނަރަ ވަނަ އަހަރު ރިޕޯޓްކޮށްފައި ވަނީ އެފަދަ 10854 މައްސަލައެވެ.

ތުއްތު ކުއްޖަކު ރޭޕް ކުރުމުގެ ވަރަށް އަނިޔާވެރި ހާދިސާއެއް ކުރިން ވެސް ވަނީ ހިނގާފައެވެ. އެ ފަހަރުގެ ހާދިސާގައި ހިންގި ޖަރީމާއަކީ މައެއްގެ ކައިރީގައި ނިދާފައި އޮތް އުމުރުން އެންމެ 11 މަަހުގެ ކުއްޖަކު ވަގަށް ނަގައިގެން ގެން ގޮސް ދެ ގަޑި އިރުވަންދެން ރޭޕް ކުރުމެވެ.