1 ފެބުރުއަރީގެ އަމުރު

އަދީބު މާފުށީ ޖަލަށް ބަދަލުކޮށްފި

ތިރީސް ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މާފުށީ ޖަލަށް ބަދަލުކޮށްފި އެވެ.

އަދީބުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު "އަވަސް" އަށް ވިދާޅުވީ ރޭގެ ވަގުތެއްގައި މާފުށީ ޖަލަށް އަދީބު ބަދަލު ކޮށްފައިވާ ކަން އޭނާގެ އާއިލާއަށް ފުލުހުން އަނގާފައިވާ ކަމަށެވެ. ނަމަވެސް ބަދަލު ކުރީ ކީއްވެ ކަމެއް ނާނގާ ކަމަށް ސިރާޖު ވިދާޅުވި އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށަށް ރޭ އަދީބު ބަދަލު ކޮށްފައިވާ އިރު، ސުޕްރީމް ކޯޓުން ރޭ ކުއްލި ގޮތަކަށް ނެރުނު އަމުރުގައި ވަނީ އަދީބު ދޫކޮށްލުމަށް ކަމާ ގުޅޭ މުއައްސަސާތަކަށް އަމުރުކޮށްފަ އެވެ.

އަދި ފުލުހުން މިހާތަނަށް ބުނެފައި ވަނީ އެ އަމުރު ތަންފީޒު ކުރާނެ ކަމަށެވެ. އަދި ރޭ ކަރެކްޝަން އިން ވެސް ބުނީ ސުޕްރޯމް ކޯޓުގެ އަމުރު ތަންފީޒު ކުރުމަށް އިޖުރާއަތްތައް ފުރިހަމަ ކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ.