1 ފެބުރުއަރީގެ އަމުރު

އަމުރު ތަންފީޒުކުރަން ގޮވާލަން މީހުން މާލެ ގެންނަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ފަށާ ދުވަހު މާލެއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ރައްޔިތުން ޖަމާކުރުމަށް އިދިކޮޅު، އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފި އެވެ. މަޖިލިސް ހުޅުވަން ނިންމާފައިވަނީ އަންނަ ހޯމަ ދުވަހު އެވެ.

އެމްޑީޕީ ގައުމީ މަޖިލީހަށް މިރޭ ހުށަހެޅި ގަރާރަކީ، މިހާރު ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރު ތަންފީޒުކުރުމަށް ގޮވާލުމަށާއި މަޖިލީހުގެ ހުރިހާ މެންބަރުންނަށް މަޖިލީހަށް ވަދެ، އެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް ފާސްކުރާއިރު، އެކަމުގައި ރައްޔިތުން ބައިވެރިވުމަށް މާލެއަށް ރައްޔިތުން ގެނައުމާ ގުޅޭ ގޮތުން ހުށަހެޅި ގަރާރެކެވެ.

ގައުމީ މަޖިލީހުގެ މެންބަރުން ވަނީ ގަރާރަށް ތާއިދު ކުރައްވާފަ އެވެ. ސުޕްރީމް ކޯޓުގެ އަމުރު ތަންފީޒު ކުރަން ޖެހޭނެ ކަމަށާއި އެއީ ލަސްކުރެވޭނެ ކަމެއް ނޫން ކަމަށް އެ މެންބަރުން ވަނީ ވިދާޅުވެފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ އެއްވެސް މެންބަރެއްގެ ގޮނޑި ގެއްލިފައިނުވާ ކަމަށް ކަނޑައަޅާފައިވާތީ ބޮޑު މެޖޯރިޓީއަކާއެކު އެ ދުވަހަށް މަޖިލީހަށް މެންބަރުން ވަންނާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ސިޔާސީ ހައްޔަރިން މިނިވަން ކުރުމަށާއި ގޮނޑި ގެއްލިފައިވާ މެންބަރެއް ނެތް ކަމަށް ބުނެ، ކަނޑައެޅި އަމުރު ތަންފީޒުކުރަން ގޮވާލަން މާލެއަށް މީހުން ގެންނަން ނިންމީ ގައުމީ މަޖިލީހުގެ 57 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

ސަރުކާރުން ގެންދަނީ އެ ބޭފުޅުން މިނިވަންކުރުމަށް އެކި އުޒުރުތައް ދައްކައިގެން އެކަން ލަސްކުރަމުންނެވެ. ބަންޑާރަ ނައިބު މުހައްމަދު އަނިލް ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ މަޝްވަރާ ވެސް ކުރައްވާފަ އެވެ. އަމުރާ ގުޅިގެން މަޝްވަރާ ކުރަން ޖެހުނީ އަނިލް ވިދާޅުވި ގޮތުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންނާއި ކޮރަޕްޝަން އަދި ޓެރަރިޒަމްގެ ކުށް ސާބިތުވެފައިވާ މީހުން ދޫކޮށްލުމަށް އަމުރުކޮށްފައިވާތީ އެކަމުގައި ކަންބޮޑުވުންތަކެއް ހުރުމުން ކަމަށެވެ.

"ޑިއު ޕްރެސެސްގެ ތެރެއިން ކަންކަން ކުރިއަަށް ގެންދަން އަޅުގަނޑުމެންނަށް އިރުޝާދު ދެއްވާފައިވަނީ، މިގޮތުން ޕީޖީއިން މިހާރު އެ މަސައްކަތް ފައްޓަވައި ލިސްޓްގައި ހިމެނޭ މީހުންގެ މައްސަލަތައް ދިރާސާކޮށް އަދި ވަރަށް އަވަސް ފުރުސަތެއްގަ ފުލުހުންނާއެކު މަސައްކަތް ކުރުމަށްފަހު ސުޕްރީމް ކޯޓަށް ގާނޫނީ ކަންކަމާ ގުޅޭ ގޮތުން ހުރި ކަންބޮޑުވުމާއި އަދި ކުރިއަށް ގެންދިޔުމަށް ޕީޖީއަށް ފެނިވަޑައިގަންނަވާ ގޮތްތަކާއެކު ހުށަހަޅާނެ،" އަނިލް ވިދާޅުވި އެވެ.

އަނިލް މިފަދަ ކަންބޮޑުވުންތަކެއް ފާޅު ކުރެއްވިއިރު، އަމުރުގައި ބުނެފައިވާ ގޮތުން ދޫކޮށްލަން އަމުރު ކުރި ބޭފުޅުން ހައްޔަރުކޮށްފައި ވަނީ ސިޔާސީ ސަބަބުތަކަށްޓަކައި ކަމަށާއި އެގޮތުން ފަނޑިޔާރުންނަށް ނުފޫޒު ފޯރުވައިގެން ހުކުމްތައް ކޮށްފައިވާ ކަމަށް ހުށަހެޅުނު ޝަކުވާތަކަށް ބެލިއިރު ފެންނާތީ އެބޭފުޅުންގެ ޝަރީއަތް އަލުން ބޭއްވެންދެން ކަމަށެވެ. އަދި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާތަކާއި ކަނޑައެޅިގެން ހިލާފަށް ހިންގާފައިވާ ޖިނާއީ ތަހުގިގުތަކުގެ މައްޗައް ބިނާކޮށް ދައުވާ އުފުލައިގެން ކަމަށާއި އެހެންކަމުން އެ މައްސަލަތައް އަލުން ބަލައި ގޮތެއް ކަނޑައަޅަން ޖެހޭތީ ކަމަށް ވެސް އަމުރުގައިވެ އެވެ.

ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރު ނިންމާލަމުން ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރުމަށް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށާއި ސިފައިންނާއި ފުލުހުންގެ މައްޗަށާއި ކަމާ ގުޅޭ އެންމެހާ މުއައްސަސާތަކަށް އަންގާ ކަމަށެވެ.

އެ އަމުރާ އެއްގޮތަށް އެއްވެސް ފަރާތުން އަމަލު ނުކުރާނަމަ ނުވަތަ ހުރަސް އަޅައިފިނަމަ ނުވަތަ ފަރުވާކުޑަ ކޮށްފިނަމަ އެފަދަ ކޮންމެ މައްސަލައެއް ވަކިން ބަލައި ތަހުގީގުކޮށް ޝަރީއަތަށް ހުށަހެޅުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ މައްޗަށް އަންގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމާފަ އެވެ. އެނ