1 ފެބުރުއަރީގެ އަމުރު

މާލެއަށް މީހުން ނައުމަށް ޕީޕީއެމްއިން ގޮވާލައިފި

Feb 2, 2018
2

އިދިކޮޅު އެމްޑީޕީއިން މީހުން މާލެ ގެނައުމަށް ގަރާރެއް ފާސްކުރުމާ ގުޅިގެން އެކަން އެގޮތަށް ނުކުރުމަށް ސަރުކާރުން ހިންގާ، ޕީޕީއެމްއިން ގޮވާލައިފި އެވެ.

ސިޔާސީ ހައްޔަރިން މިނިވަން ކުރުމަށާއި ގޮނޑި ގެއްލިފައިވާ މެންބަރެއް ނެތް ކަމަށް ބުނެ، ކަނޑައެޅި އަމުރު ތަންފީޒުކުރަން ގޮވާލަން މާލެއަށް މީހުން ގެންނަން ނިންމީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 57 މެންބަރުންގެ އަގުލަބިއްޔަތުންނެވެ.

އެކަމާ ގުޅިގެން ޕީޕީއެމްއިން ބައެއް މީޑިއާތަކަށް ދައުވަތުދީގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ސަރުކާރު ވައްޓާލަން އުޅުމަކީ ކުށެއް ކަމަށެވެ. އެފަދަ ކަމެއް ކުރާ މީހުންނާ ދެކޮޅަށް ގާނޫނު އަސާސީއިން ގާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުން ފަސް ނުޖެހޭނެ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.

އެހެންވެ، އެފަދަ ކަމެއް ނުކުރުމަށް އަދުރޭ ތަކުރާރުކޮށް އެދިވަޑައިގަތެވެ.

އަދުރޭ ވިދާޅުވީ، އެމްޑީޕީއިން މީހުން މާލެ ގެނެސް އެމީހުން މަގުމަތި ކުރާނެ ކަމަށެވެ. މީގެ ކުރިން ވެސް އެމްޑީޕީއިން އެގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ. ރައްޔިތުން މާލެ ގެނެސް މަގުމައްޗަށް ދޫކޮށްލުމަށްފަހު އެމީހުންނަށް ވާގޮތް އިސް ބޭފުޅުން ނުބައްލަވާނެ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.

ގާނޫނާ ހިލާފަށް މާލޭގައި އެއްވާނަމަ، އޭގެ އަދަބު ލިބޭނީ މަގުމަތިކޮށްލާ ރައްޔިތުންނަށް ކަމަށާއި އެއްވުމަށް މާލެ ނައުމަށް އެދިވަޑައިގަންނަވަނީ އެހެންވެ ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރު ނިންމާލަމުން ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރުމަށް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށާއި ސިފައިންނާއި ފުލުހުންގެ މައްޗަށާއި ކަމާ ގުޅޭ އެންމެހާ މުއައްސަސާތަކަށް އަންގާ ކަމަށެވެ.

އެ އަމުރާ އެއްގޮތަށް އެއްވެސް ފަރާތުން އަމަލު ނުކުރާނަމަ ނުވަތަ ހުރަސް އަޅައިފިނަމަ ނުވަތަ ފަރުވާކުޑަ ކޮށްފިނަމަ އެފަދަ ކޮންމެ މައްސަލައެއް ވަކިން ބަލައި ތަހުގީގުކޮށް ޝަރީއަތަށް ހުށަހެޅުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ މައްޗަށް އަންގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ނިންމާފަ އެވެ.

ސަރުކާރުން ގެންދަނީ އެ ބޭފުޅުން މިނިވަންކުރުމަށް އެކި އުޒުރުތައް ދައްކައިގެން އެކަން ލަސްކުރަމުންނެވެ. ބަންޑާރަ ނައިބު މުހައްމަދު އަނިލް ވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާ މަޝްވަރާ ވެސް ކުރައްވާފަ އެވެ. އަމުރާ ގުޅިގެން މަޝްވަރާ ކުރަން ޖެހުނީ އަނިލް ވިދާޅުވި ގޮތުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންނާއި ކޮރަޕްޝަން އަދި ޓެރަރިޒަމްގެ ކުށް ސާބިތުވެފައިވާ މީހުން ދޫކޮށްލުމަށް އަމުރުކޮށްފައިވާތީ އެކަމުގައި ކަންބޮޑުވުންތަކެއް ހުރުމުން ކަމަށެވެ.