1 ފެބުރުއަރީގެ އަމުރު

މާފުށީ ޖަލުގެ ވެރިޔާ އިސްތިއުފާ ދެއްވައިފި

Feb 3, 2018
7

ސަރުކާރުގެ މައި ޖަލު، މާފުށީ ޖަލުގެ އިސްވެރިޔާ، ޑިރްކެޓާ އޮފް ޕްރިޒަންސް ސަލްމާން ރަޝީދު މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. އޭނާ އިސްތިއުފާ ދެއްވީ ރޭގެ ވަގުތެއްގަ އެވެ.

އޭނާ މިއަދު އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މަގާމު ދޫކޮށްލެވީ އަމިއްލައަށް އެގޮތް ބޭނުންފުޅު ވެގެން ކަމަށާއި އެއީ މިވަގުތަށް އެ ވަޒީފައި ދެމި ހުންނަވަން ބޭނުންފުޅު ވެސް ނުވާތީ ކަމަށެވެ.

"އަޅުގަނޑުގެ އަމިއްލަ ނިންމުމެއް އެއީ، އެކަމަކުގައި އެއްވެސް ފަރާތެއްގެ މަޖުބޫރު ކަމެއް ވެސް ފިއްތުމެއް ނެތް،" އޭނާ މިއަދު ވިދާޅުވި އެވެ.

ސަލްމާން ރަޝީދު އިސްތިއުފާ ދެއްވި އިރު ރާއްޖޭގެ ޖަލުތަކުގައި ތިބި ސިޔާސީ ވަރަށް ގިނަ ލީޑަރުން ވަގުތުން މިނިވަން ކުރުމަށް ސުޕްރީމް ކޯޓުން މިދިއަ ބުރާސްފަތި ދުވަހު ވަނީ އަމުރުކޮށްފަ އެވެ. ނަމަވެސް މިހާތަނަށް އެ އަމުރަށް ސަރުކާރުން އަމަލުކޮށްފައެއް ނުވެއެވެ. ނަމަވެސް ރާއްޖެ އާއި ދުނިޔެއިން ވެސް ދަނީ އެ އަމުރު ތަންފީޒް ކުރުމަށް ގޮވާލަމުންނެވެ.

ސަލްމާން، ޖަލުގެ ހިދުމަތުގައި ހުންނަވާތާ 13 ވަރަކަށް އަހަރުވެއްޖެ އެވެ.