ހަބަރު

ސުޕަ ސްޕެލިސްޓުންގެ ފަރުވާއަށް ނަން ނޯޓްކުރަން ކުރަން ހުޅުވާލައިފި

May 9, 2015

ސުޕަ ސްޕެލިސްޓް ޑޮކްޓަރުންގެ ފަރުވާގެ ދެވަނަ ޓީމާއެކު ޑޮކްޓަރުންނަށް ދައްކަން ނަން ނޯޓްކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

މިފަހަރު އެކި ދާއިރާތަކުގެ 18 ސުޕަ ސްޕެޝަލިސްޓަކު ރާއްޖެ އައިސްފައި ވެއެވެ.

އާސަންދައިން ރޭ ލެމަން ގްރާސްގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ބުނީ ދެ ވަނަ ބުރުގައި ސްޕެޝަލިސްޓުން ރާއްޖޭގެ ހަ ސަރަހައްދެއްގައި ބަލި މީހުން ބަލައި ފަރުވާ ދެއްވާނެ ކަމަށާއި އޭގެ ތެރޭގައި މާލެ އާއި އައްޑު އަތޮޅާއި ތ. އަތޮޅާއި ށ. އަތޮޅާއި ބ. އަތޮޅު ހިމެނޭ އިރު 22 ސެންޓަރެއްގައި ހަރަކާތްތެރިވާނެ ކަމަށެވެ.

ހެލްތު މިނިސްޓަރު އަހުމަދު ޒުހޫރު ރޭ ވިދާޅުވީ ކުރިއަށް އޮތް ތާންގަވެސް ކޮންމެ މަހަކު ސުޕަ ސްޕެޝަލިސްޓުންގެ ހިދުމަތް ދޭނެ ކަމަށާއި ސްޕެޝަލިސްޓުން އެންމެ ބޭނުންވާ ދާއިރާތައް ވެސް ބަލާނެ ކަމަށެވެ. އަދި ޑޮކްޓަރުން ފޮނުވާނެ ދާއިރާތައް ކަނޑައެޅުމުގައި ބަލަނީ ރާއްޖޭގައި ޑޮކްޓަރުން އެންމެ މަދު ދާއިރާތަކަށް ކަމަށް ވެސް ވިދާޅުވި އެވެ.

ދެވަނަ ބުރުގައި ރާއްޖެ އައި ސުޕަ ސުޕެޝަލިސްޓުންގެ ތެރޭގައި ނިއުރޮލޮޖިސްޓުންނާއި ކާޑިއަލޮޖިސްޓުންނާއި އީއެންޓީ ސުޕެޝިއަލިސްޓުންނާއި އޯތު ޕެޑިޝަނުންނާއި އޮންކޮލަޖީ އަދި ކެންސަރު ޔޫރޮލަޖީ އަދި ޖެނެރަލް ފިޒިޝަނުން ހިމެނެ އެވެ.