ހަބަރު

ސޫރިޔާއަށް ބޮން އަޅަމުން ދިޔަ ރަޝިޔާގެ ޖެޓެއް ވައްޓާލައިފި

ސޫރިޔާގެ އިދުލީބް ޕްރޮވިންސްގައި އާއްމުން ދިރިއުޅޭ ސަރަހައްދަކަށް ބޮން އަޅަމުން ދިޔަ ރަޝިޔާގެ ޖެޓެއް ސޫރިޔާ ސަރުކާރާ ދެކޮޅު ހަނގުރާމަ ވެެރިން ވައްޓާލައި އޭގައި އިން ޕައިލޮޓް މަރާލައިފިއެވެ.

ރަޝިޔާގެ ޑިފެންސް މިނިސްޓްރީއާއި ސޫރިުޔާ ހަނގުރާމަވެރިންނާ ހަވާލާދީ ރޮއިޓާސް ބުނީ ވައްޓައިލި ޕައިލޮޓް މަރައިލީ އޭނާ ވައި ކުޑައިގައި ފައިބަން އުޅެނިކޮށް ކަމަށެވެ.

ރަޝިޔާގެ އެސް ޔޫ- 25 މަރުކާގެ ޖެޓް ވައްޓައިލި އިރު އެބޯޓު ހަރަކާތްތެރިވަމުން ދިޔައީ އިދުލީބު ޕްރޮވިންސްގެ އުތުރު ސަރަހައްދަށް ބޮން އެޅުމުގައެވެ. އެ ސަރަހައްދަކީ ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ބާރުތަކާއި އޭނާއަށް މަދަދުކުރާ ރަޝިޔާއާއި އީރާނުގެ ލަޝްކަރުތަކުން އިދިކޮޅު ހަނގުރާމަވެރިންނާ ދެކޮޅަށް ވަރުގަދައަށް ހަނގުރާމަ ކުރަމުންދާ ސަރަހައްދެކެވެ.

ސޫރިޔާގެ އިދިކޮޅު ހަނގުރާމަވެރިން ބުނީ ރަޝިޔާގެ މަތިންދާބޯޓު ވައްޓައިލީ އިދުލީބް ޕްރޮވިންސްގެ ސަރާގިބް ނަމަކަށް ކިޔާ ޝަހަރުގެ ކައިރީގައިވާ ޚާން އައް ސުބުލް ނަަމަކަށް ކިޔާ ރަށުގެ މަތިން ކަމަށެެވެ. އެރަށަކީ ސަރަހައްދުގައިގާ މައި ހައިވޭއެއްގެ ކައިރީގައިވާ ރަށެކެވެ. އަސަދުގެ ބާރުތަކާއި އީރާނުން ވާގިދޭ ޓެރަރިސްޓް ޖަމާއަތްތަކުން ދަނީ އިދިކޮޅު ހަނގުރާމަވެރިންނާ ދެކޮޅަށް އެ ސަރަހައްދުގައި ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ.

ރޮއިޓާސްއަށް މައުލޫމާތު ދިން މަސްދަރަކާ ހަވާލާދީ އެ އެޖެންސީން ބުނީ ޖެޓް ވައްޓައިލުމުން ޕައިލޮޓް ސަލާމަތްވި ކަަމަށާއި އޭނާ މަރުވީ އޭނާ ހައްޔަރު ކުރަން މަސައްކަތް ކުރި އިދިކޮޅު ހަނގުރާމަވެރިންގެ އަތުން ކަަމަށެވެ.

ސޫރިޔާގެ ހައަ އަހަރަށް ވުރެ ދިގުލީ ހަނގުރާގައިމައި މިލިޔަނެއްހާ މީހުން މަރުވި އިރު އޭގެ ތެރެއިން ގިނަ މީހުންނަކީ އާއްމުންނެވެ. މަރުވި އާއްމުންގެ ގިނަ ބަޔަކު މަރުވީ ރަޝިޔާއިން ގޮތެއް ފޮތެއް ނުބަލައި ބޮން އެޅުމުގެ ސަބަބުންނެވެ. ރަޝިޔާގެ އިތުރުން އަސަދަށް މަދަދުކުރާ އީރާނުގެ ލަޝްކަރުތަކާއި އެގައުމުން ވާގިދޭ ޓެރަރިސްޓް ޖަމާއަތެއް ކަަމަށްވާ ހިޒްބުﷲއިން އަންނަނީ ސޫރިޔާ ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ހިލާފު ޖަރީމާތައް ހިންގަމުންނެވެ.