1 ފެބުރުއަރީގެ އަމުރު

އެކި ސަރަހައްދުގައި ތިބި ސިފައިން މާލެ ގެންނަނީ

Feb 4, 2018
3

ރާއްޖޭގެ އެކި ސަރަހައްދުގައި ތިބި ސިފައިން މާލެ ގެންނަ ކަމުގެ ވާހަކަ ވަރަށް ގަދަޔަށް ފެތުރެން ފަށައިފި އެވެ.

ސިފައިންގެ ގިނަ ފަރާތްތަކެއް މާލެ އަށް އަންނަން ފުރާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދަނީ ބައެއް ފަރާތްތަކުން ފޮޓޯ ތައް އާންމު ކުރަމުންނެވެ. އެގޮތުން ސިފައިން މާލެ އަށް އަރާފައިވާ ކަމަށް ބުނާ ސޯޝަލް މީޑިއާގައި ދަނީ ފޮޓޯ ތައް ދައުރުވަމުންނެވެ.

ރާއްޖޭގެ އެކި ކަންކޮޅު ތަކުން ސިފައިން މާލެ ގެންނަނީ ކޮން ސަބަބަކާ ހުރެ ކަމެއް ނޭންގެ އެވެ. އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލާއި ގުޅޭގޮތް ނުވުމުން އެކަން ސާފުވާ ގޮތް ވަނީ ނުވެފަ އެވެ.

މިއަދު ދެއްވި ޕްރެސް އެއްގައި ޖެނެރަލް ޝިޔާމް ވަނީ ވިދާޅުވީ، ދިވެހި އަސްކަރިއްޔާއިން މަސައްކަތް ކުރާނީ އޭޖީގެ ލަފާގެ މަތިން ކަމަށާއި ރައީސް އަޒުލް ކުރަން ސުޕްރީމް ކޯޓުން ނެރޭ އަމުރަކަށް ސިފައިން ތަބާނުވާނެ ކަމަށެވެ. އަދި ފުލުހުން ހިންގުމާ ހަވާލުވެ ހުންނެވި ނަވާޒުވެސް ވިދާޅުވީ ސުޕްރީމް ކޯޓުން އެފަދަ އަމުރެއް ނެރުނަސް ފުލުހުން ތަބާ ނުވާނެ ކަމަށާއި ތަބާވާނީ އޭޖީގެ އަމުރަށް ކަމަށްވެސް ދެބޭފުޅުން ވިދާޅުވި އެވެ.

މިއަދު ދެއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭޖީ އަނިލް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ވަކިކުރަން ސުޕްރީމް ކޯޓުން މަސައްކަތް ކުރާ ކަމުގެ މައުލޫމާތު ލިބިއްޖެ ކަމަށާއި އެފަދަ އަމުރެއް ސުޕްރީމް ކޯޓަށް ނުނެރެވޭނެ ކަމަށެވެ. އަދި ވިދާޅުވީ، އެ އިހުތިސޯސް ކޯޓަށް ނެތް ކަމަށެވެ. އަދި ސަލާމަތީ ބާރުތަކުން އެފަދަ އަމުރަކަށް ބޯ ނުލެބުމަށް އޭޖީގެ ހައިސިއްޔަތުން އަންގާފައިވާ ކަމަށް އަނިލް ވިދާޅުވި އެވެ.