1 ފެބުރުއަރީގެ އަމުރު

ނާދިރާ ކްރިމިނަލް ކޯޓުން މިނިވަންކޮށްފި

Feb 4, 2018
4

މައުމޫންގެ ފެކްޝަންގެ ނައިބު ރައީސްއެއް ކަމަށްވާ އައިމިނަތު ނާދިރާ ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ދާދި ދެންމެއަކު އަމުރުކޮށްފި އެވެ. ކްރިމިނަލް ކޯޓުން އެގޮތަށް އަމުރުކުރީ ހައްޔަރު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ބުނެ އެވެ.

ނާދިރާ ރޭ ހައްޔަރުކޮށްފައި ވަނީ، އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގެ ތެރެއިން އެވެ. އޭޭނާ އަށް ފުލުހުން ކުރި ތުހުމަތަކީ ފުލުހަކަށް އަނިޔާކުރި ކަމުގެ ތުހުމަތެވެ. އެހެން ނަމަވެސް، ގާޒީ ވަނީ ނާދިރާ ހައްޔަރު ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ނިންމަވައިފަ އެވެ.

ނާދިރާގެ ބަންދުގެ މުއްދަތު ޖަހަން އޭނާ ކްރިމިނަލް ކޯޓަށް ގެންގޮސްފައި ވަނީ، މިއަދު މެންދުރު 2:30 އެހާކަންހާއިރު އެވެ. އެހެން ނަމަވެސް އަޑުއެހުން ނުފެށި ވަރަށް ގިނަ އިރު ނާދިރާ ކޯޓްގައި ބޭންދި އެވެ. ބައެއް މަސްދަރުތަކުން ބުނީ އެހާ ލަސްވަދެން އަޑުއެހުން ނުފެށި މަޑުކުރީ، ގާޒީ ވަޑައިގަތުން ލަސްވެގެން ކަމަށެވެ.