1 ފެބުރުއަރީގެ އަމުރު

އެޑިއުކޭޝަންގެ ސިޔާސީ ބޭފުޅަކު އިސްތިއުފާ ދެއްވައިފި

އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެފްޒެކެޓިވްގެ މަގާމުގައި އަދާ ކުރާ ޑރ. އަހްމަދު ރިޔާޒު އިސްތިއުފާ ދެއްވައިފި އެވެ.

މިއަދުން ފެށިގެން އޭނާ އިސްތިއުފާ ދީފައިވާ ކަމަށާއި އެއީ ސުޕްރީމް ކޯޓުގެ ހުކުމް ތަންފީޒު ނުކުރާ ސަރުކާރެއްގައި މަސައްކަތް ކުރަން ބޭނުން ނުވާތީ ކަމަށް ރިޔާޒު ވިދާޅުވި އެވެ.

ރިޔާޒު އިސްތިއުފާ ދެއްވި އިރު ރައްޔިތުން މަޖިލީހުގެ އަމީންއާންމް އަހުމަދު މުހަައްމަދު ވެސް މިއަދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ އިސްތިއުފާ ދެއްވުމުގެ ކުރިން ވަނީ ކޯޓުގެ އަމުރު ކުރާ ގޮތަށް އަމަލު ކުރާނެ ކަމަށާއި ގޮނޑި ނުގެއްލޭ ކަަމަށް ކަނޑައެޅި މެންބަރުންނަށް މަޖިލީހަށް ވަދެވޭނެ ކަމަށް ވިދާޅުވެފަ އެވެ.