1 ފެބުރުއަރީގެ އަމުރު

ޕީޕީއެމް އެކްޓިވިސްޓުން ސުޕްރީމް ކޯޓް ކުރިމަތީ މުޒާހަރާކޮށްފި

Feb 4, 2018
7

ޕީޕީއެމްގެ އެކްޓިވިސްޓުންތަކެއް ސުޕްރީމް ކޯޓް ކުރިމައްޗަށް އެއްވެ، ރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ އިސްތިއުފާއަށް ގޮވަމުން އެބަ ގެންދެ އެވެ.

އެއްވެފައިވާ މީހުންގެ ތެރޭގައި އިސްކޮށް ތިބީ ސަރުކާރުގެ ބައެއް މިނިސްޓްރީތަކުގެ ކޯޑިނޭޓަރުން އެވެ. އަދި ޕީޕީއެމްގެ ޒުވާނުންގެ ގޮފީގެ ރައީސް ވެސް އެ މުޒަހަރާގައި އެބަ ހުންނެވި އެވެ. އަދި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ސިޔާސީ ވަޒީފާތަކުގައި ތިބި ޒުވާނުން ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.

ސުޕްރީމް ކޯޓް ކުރިމައްޗަށް ވާ ގޮތަށް މެގަފޯނެއް ހިފައިގެން އެެއްވެފައިވާ ޕީޕީއެމްގެ އެކްޓިވިސްޓުން ގޮވަމުން ދަނީ، އުއްތަމަ ފަނޑިޔާރު ޝަރުތެއް ނެތި އިސްތިއުފާ ދެއްވުމަށެވެ. އެ މީހުން އަޑުއުފުލާތާ އިރުކޮޅެއް ނުވެ، ފުލުހުންތަކެއް އެ ސަރަހައްދަށް އައިސް ސުޕްރީމް ކޯޓް ކުރިމަތިން ވަނީ އެ މީހުން ފަހަތަށް ޖައްސާ ކޯޓް ކުރިމަތީގައި އޮންނަ ގޯޅިއަށް އެ މީހުން ވައްދައިފަ އެވެ.

އެ މީހުން މުޒާހަރާއަށް އެ ސަރަހައްދަށް ދިޔައީ ޕީޕީއެމްގެ އޮފީސް ސަރަހައްދުން ކަމަށް މަންޒަރު ދުށް ބައެއް މީހުން ބުންޏެވެ.