1 ފެބުރުއަރީގެ އަމުރު

އަނިލް ހައްޔަރު ކުރަން އަމުރެއް ނުކުރޭ، ފެތުރުނީ ފޭކް އަމުރެއް

ބަންޑާރަ ނައިބު މުހައްމަދު އަނިލް ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗައް ސުޕްރީމް ކޯޓުން އަމުރު ކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި އާންމުވި އަމުރަކީ ސައްހަ އަމުރެއް ނޫން ކަމަށް ޖުޑީޝިއަލް ސާވިސް ކޮމިޝަން (ޑީޖޭއޭ) އިން މިރޭ ވަނީ ބުނެފަ އެވެ.

ސުޕްރީމް ކޯޓުގެ އަމުރެއް ކަމަށް ބުނެ މިރޭ ދައުރުވި އަމުރާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވެސް އެކަން އިއުލާން ކުރި އެވެ.

އެއާ ގުޅިގެން އެ އަމުރުގެ ވާހަކަ ރިޕޯޓް ކުރެވިފައިވާނެ އެވެ. މީޑިއާާގެ އެހެން ބައެއް ފަރާތްތަކުން ވެސް އެ ގޮތަށް ރިޕޯޓް ކުރި އެވެ. ނަމަވެސް އެއީ ހަގީގަގާ ހިލާފު މައުލޫމާތަކަށްވާތީ އެކަން މިހާރު ވާނީ އިސްލާކޮށްފަ އެވެ. ވީމާ މި ކަމާ ގުޅިގެން ރައްޔިތުންގެ ފަރާތުން ނިހާޔަތަށް މާފަށް އެދޭ ވާހަކަ ދަންނަވަމެވެ.