ހަބަރު

ހެލްތުގެ ސްޓޭޓް މިނިސްޓަރު ހުސައިން އިސްތިއުފާ ދެއްވައިފި

Feb 5, 2018
6

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސައިން ރަޝީދު މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ. މަގާމުން އިސްތުއފާ ދެއްވިކަން އޭނާ ވަނީ ޓުވީޓެއް ކުރައްވައި ކަށަވަރުކޮށްދެއްވާފަ އެވެ.

"ސަރުކާރާ ގުޅުންހުރި ހުރިހާ މަސްއޫލިއްޔަތަކުން އިސްތިއުފާ ދީފިން" ހުސައިން ރަޝީދުގެ ޓުވީޓުގައި ބުނެފައިވެ އެވެ. އޭނާ އިސްތިއުފާ ދެއްވީ ސްޕްރީމް ކޯޓްގެ އަމުރު ތަންފީޒު ސަރުކާރުން ދެކޮޅު ހެދުމަކީ ޒަމީރު ގަބޫލު ކުރާ ކަމަށް ނުވާތީ އެފަދަ ސަރުކާރެއްގައި ހުންނަވަން ބޭނުން ނުވާތީ ކަމަށް އޭނާގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައިވެ އެވެ.

މަގާމުން އިސްތިއުފާދެއްވި އިރު ހުސެއިން އަކީ ހުސެން އަކީ ސްޓޭޓް މިނިސްޓަރެއްގެ އިތުރުން ޑްރަގް އެޖެންސީގެ ބޯޑު މެންބަރެއްގެ އިތުރުން މަސްތުވާތަކެތި ކޮންޓްރޯލް ކުރުމުގެ ގައުމީ ފަންޑުގެ ގަވަނިން ބޯޑުގެ ވައިސް ޗެއާވެސްމެ އެވެ. އޭނާ ވަނީ އެ ހުރިހާ މަގާމަކުން ވެސް އިސްތިއުފާ ދެއްވައިފަ އެވެ.