ޖުޑިޝަރީގެ މިނިވަންކަމާއި ގާނޫނީ ހުކޫމަތަށް އިހުތިރާމް ކުރަން އޮސްޓްރޭލިއާއިން ރާއްޖޭގެ އެންމެހާ ފަރާތްޔަަކަށް ގޮވާލައިފި އެވެ.
ރާއްޖެއަށާއި ސްރީލަންކާއަށް އެކްރެޑިޓްކޮށް ކޮލަމްބޯގައި ގާއިމްކޮށްފައިވާ އޮސްޓްރޭލިއާގެ ހައިކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގައި ފަހަކަށް އައިސް ހިނގަމުންދާ ކަންތައްތަކާ މެދު ކަންބޮޑުވާ ކަމަށެވެ.
ރާއްޖޭގެ އިދިކޮޅު ސިޔާސީ ލީޑަރުން މިނިވަން ކުރުމަށާއި އިންތިހާބު ކޮށްފައިވާ މެމްބަރުންގެ އިއާދަކުރަން ރާއްޖޭގެ ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު އަމުރު ކުރިކަން ފާހަގަ ކުރާ ކަމަށެވެ.
ރާއްޖޭގެ ޝަރުއީ ނިޒާމުގެ ބާރު ކަނޑުވާލައި ސަރުކާރުން ކުއްލި ހާލަތު އިލާނުކުރި ފަހުން ހިނގަމުންދާ ކަންތައްތަކާ މެދު ދުނިޔެއިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އިންޑިއާއާއި އެމެރިކާއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޗައިނާއިން ބުނީ މިހާރު އުފެދިފައި ހުރި ސިޔާސީ މައްސަލަތަކަށް ވާހަކަ ދައްކައިގެން ހައްލެއް ހޯދަން ގޮވާލާ ކަމަށެވެ.