ހަބަރު

ކުއްލިހާލަތު ވަގުތުން އުވާލައި، ހައްގުތައް އިއާދަކުރޭ: ޔޫކޭ

ރާއްޖޭގައި މިއަދު އިއުލާނުކުރި ކުއްލި ހާލަތު އުވާލައި ހިފަހައްޓާފައިވާ ހައްގުތައް އިއާދަކުރަން އިނގިރޭސިވިލާތުން ގޮވާލައިފިއެވެ.

އިނގިރޭސި ފޮރިންް ސެކްރެެޓަރީ ބޮރިސް ޖޯންސަން މިރޭ ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ މުއައްސަސާތަކަށް ދީފައިވާ ގެއްލުންތަކަކީ ކަންބޮޑުވާން ޖެހޭ ވަރުގެ ގެއްލުންތަކެއް ކަމަށެވެ.

" ރައީސްް ޔާމީނަށައި ދިވެހިރާއްޖޭގެ ސަރުކާރަށް އަޅުގަނޑު މި ގޮވައިލަނީ ސުލްހަވެރިކަމާ އެކު ކުއްލި ހާލަތު އުވާލައި، ގާނޫނު އަސާސީގެ ހުރިހާ މާއްދާއެއް އިއާދަކޮށް ސުޕްރީމްކޯޓުގެ އަމުރު ތަންފީޒުކޮށް ، ޕާލަމެންޓް ފުރިހަމައަަށް މަސަައްކަތް ކުރަން ހުއްދަދީ ސަޕޯޓު ކުރުމަށް،" އިނގިރޭސި ފޮރޖން ސެކްރެޓަރީ ބޮރިސް ޖޯންސަން ވިދާޅުވެފައި ވެއެވެ.
ރާއްޖޭގެ އިދިކޮޅު ސިޔާސީ ލީޑަރުން މިނިވަން ކުރުމަށާއި އިންތިހާބު ކޮށްފައިވާ މެމްބަރުންގެ އިއާދަކުރަން ރާއްޖޭގެ ސުޕްރީމް ކޯޓުން ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު އަމުރު ކުރިކަން ފާހަގަ ކުރާ ކަމަށެވެ.

ރާއްޖޭގެ ޝަރުއީ ނިޒާމުގެ ބާރު ކަނޑުވާލައި ސަރުކާރުން ކުއްލި ހާލަތު އިލާނުކުރި ފަހުން ހިނގަމުންދާ ކަންތައްތަކާ މެދު ދުނިޔެއިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން އިންޑިއާއާއި އެމެރިކާއިން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. ޗައިނާއިން ބުނީ މިހާރު އުފެދިފައި ހުރި ސިޔާސީ މައްސަލަތަކަށް ވާހަކަ ދައްކައިގެން ހައްލެއް ހޯދަން ގޮވާލާ ކަމަށެވެ.