ޖޭއެސްސީ

ބޮޑެތި ތުހުމަތުތަކާއެކު އަލީ ހަމީދު ސަސްޕެންޑްކޮށްފި

Feb 7, 2018
2

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ސަސްޕެންޑުކޮށް އޭނާގެ މައްސަލަ ބަލައި ތަހުގީގު ކުރަން ފަށައިފި އެވެ. ހައްޔަރު ކޮށްފައިވާ ފަނޑިޔާރު އަލީ ހަމީދު ސަސްޕެން ކުރީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ބޭއްވި ބައްދަލުވުމަކުންނެވެ.

އޭނާ ސަސްޕެންޑުކރީ ގައުމަށް ހިޔާނާތް ވުމާއި ރިޝްވަތު ހިފުމާއި ސަރުކާރު ވައްޓާލަން ރޭވުމުގެ ސާބިތު ހެކި ލިބިގެން ކަމަށް ޖޭއެސްސީ މިއަދު ވަނީ ބުނެފަ އެވެ.

އަލީ ހަމީދު ހައްޔަރު ކުރި އިރު އޭނާ ހައްޔަރު ކުރި ފަހުން ވަނީ ހާލު ދެރަވެގެން މާލެ ގެނެސް ފަރުވާ ދީފައެވެ. އަދި ރޭ ވަނީ އެ އާއިލާގެ ތިން މީހަކު ހައްޔަރުކޮށް ގެ ބަލައި ފާސްކޮށްފައެވެ.