ގެސްޓް ހައުސް ވިޔަފާރި

ގެސްޓްހައުސް ޕްރޮމޯޓް ކުރަން މޯލްޑިވްސް ގެޓަވޭސް ޔޫރަަޕަށް!

Feb 10, 2018
1

ގެސްޓްހައުސް ޕްރޮމޯޓް ކުރަން މޯލްޑިވްސް ގެޓަވޭސްގެ އޮފީހެއް ޔޫރަޕުގައި ހުޅުވައިފިި އެވެ.

ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރި އިޝްތިހާރު ކުރަން ހަރަކާތެރިވާ މޯލްޑިވްސް ގެޓަވޭސް އިން ބުނި ގޮތުގުގައި ހޮލެންޑުގައި ހުޅުވި އޮފީހުގެ ސަބަބުން މި ދާއިރާ ޔޫރަޕުގައި އިޝްތިހާރު ކުރަން އިތުރު މަސައްކަތްތަކެއް ކުރެވޭނެ އެވެ. އެ އޮފީހުގައި ދިވެހިން ވެސް މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރި އިޝްތިހާރު ކުރަން އެ ކުންފުނިން ގިނަ މަސައްކަތްތަކެއް ކުރިންސުރެ ކުރެ އެވެ. އެ ގޮތުން ކޮންމެ އަހަރަކު ގެސްޓްހައުސް ކޮންފަރެންސެއް ބާއްވަ އެވެ.