ވިޔަފާރި

އެސްޓީއޯ ޗޮކްލެޓް ފެސްޓް ފަށައިފި

Feb 11, 2018

ގިނަ ވިޔަފާރިތަކެއްގެ ބައިވެރިވުމާއެކު އެސްޓީއޯ ސުޕަމާޓުގައި ޗޮކްލެޓް ޕްރޮމޯޝަން މިއަދު ފަށައިފި އެވެ.

"ޗޮކްލެޓް ފެސްޓް" ގެ ނަމުގައި ކޮންމެ އަހަރު ބާއްވާ މި ޕްރޮމޯޝަން ކުރިއަށްދާނީ ވީބީ އާއި ޔޫރޯ އަދި ސީންކޯއާ ގުޅިގެންނެވެ.

ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާ ޗޮކްލެޓް ފެސްޓްގައި ޗޮކްލެޓުގެ އަގު ވަނީ ހެޔޮކޮށްފަ އެވެ. އަދި ޕްރޮމޯޝަންގެ މުއްދަތުގައި 250ރ. އަށް ވުރެ މަތިން ޗޮކްލެޓްގެ ވިޔަފާރި ކުރާ މީހުންނަށް ވަރަށް ހާއްސަ އިނާމުތަކެއް ގުރުއަތަކުން ނަގާނެ އެވެ.

މި ޕްރޮމޯޝަންގެ ލަކީޑްރޯގެ ގޮތުގައި ޗޮކްލެޓްގެ ތަފާތު ވައްތަރުތައް ހިމެނޭ ގޮތަށް ތިން މީހަކަށް "ގިފްޓް ޕެކް" ތަކެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ. މި ޕްރޮމޯޝަންގައި ޗޮކްލެޓުގެ ރަހަ ދެއްކުންވެސް އޮންނާނެ އެވެ.