މަރު

ފީނަނިކޮށް އޮކްސިޖަން ހުސްވެގެން މީހަކު މަރުވެއްޖެ

Feb 11, 2018
3

އެންދަމަން ފީނި މީހަކު އޮކްސިޖަން ހުސްވެގެން މަރުވެއްޖެ އެވެ.

މިއަދު ހެނދުނު މަރުވީ ރ. ވާދޫ ކައިރިއަށް ފީނައިގެން އެންދަމަން ފޭބި މަސްވެރިޔެކެވެ. އެއީ ގދ. ފަރެސް މާތޮޑާ ދޯންޏަކުން މަހަށްދިޔަ ފުވައްމުލަކުގެ މީހެއް ކަމަށްވާ އިބްރާހިމް ޝަރީފެވެ.

ހާދިސާއަށް ފަހު ޝަރީފު ގެންދިޔަ، ވާދޫ ސިއްހީ މަރުކަޒުން ބުނީ އެ މަރުކަޒަށް އޭނާ ގެންދިޔަ އިރު ވެސް މަރުވެފައިވާ ކަމަށެވެ.

ޝަރީފް މަރުވީ އިތުރު ބަޔަކާއެކު އެންދަމަން ފިނަނިކޮށް ފުޅިން އޮކްސިޖަން ހުސްވެގެންނެވެ. އޭނާ ނެގީ އެންދަމާ ދަލުގައި އޮޅިފައި އޮއްވަ އެވެ.