އަމާނާ ތަކާފުލް

100 ކޭ ޝީލްޑް: ކުޑަ ހޭދައެއް ބޮޑު ރައްކަލެއް!

Feb 12, 2018

ކުޑަ ހޭދައަކުން ބޮޑު ފައިދާއެއް ލިބޭނަމަ އެކަން ކުރަންނާނެ އެވެ. މިއީވެސް އެފަދަ ކަމެކެވެ. އަމާނާ ތަކާފުލްގެ ތާޑް ޕާޓީ އިންޝުއަރެންސް ނެގުމުން، 100،000ރ. އާ ހަމަ އަށް އިންޝުއަ ކޮށްލުމުގެ ފުރުސަތު ލިބުނީ އެވެ. މިއީ ކުޑަ ހޭދައަކުން ބޮޑު ރައްކާތެރިކަމެއް ލިބޭނެ ގޮތެކެވެ.

"100 ކޭ ޝީލްޑް" ޕެކޭޖު ނަމުގައި ތައާރަފުކުރި މި ޕެކޭޖް އެކްޓިވޭޓް ކުރުމުގެ ފުރުސަތު މި އަހަރުގެ މެއި މަހުގެ ނިޔަލަށް ކުރިއަށް ދާނެ އެވެ. މި ޕެކޭޖު ނަގަން ހަމައެކަނި ޖެހެނީ އަމާނާ ތަކާފުލްގެ "ތާޑް ޕާޓީ" އިންޝުއަރެންސް ޕެކޭޖު ނަގާށެވެ. އަދި މި ޕެކޭޖު ނެގުމުން އުޅަނދު ދުއްވަން އިންނަ މީހާ އާއި ފަހަތުގައި އިންނަ މީހާ އަށް ދިމާވާ ދާއިމީ ނުކުޅެދުންތެރިކަން ނުވަތަ ފުރާނައަށް ގެއްލުންވުން ފަދަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެ އެވެ. އެ ކުންފުނިން ވަނީ މި އިންޝުއަރެންސް ޕެކޭޖު ފުރަތަމަ ނެގި ފަރާތާ މިއަދު ޕެކޭޖް ހަވާލުވެސް ކޮށްފަ އެވެ.

އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ރިޔާޒު ވިދާޅުވީ މި ޕެކޭޖަކީ ސަލާމަތީ ހިދުމަތް ދޭ ފަރާތްތަކަށް ހާއްސަކޮށް ނެރެފައިވާ "ކަށަވިި" ޕެކޭޖުގެ ބައެއް ކަމަށެވެ. ނަމަވެސް، އަލަށް ނެރުނު "100ކޭ ޝީލްޑް" ޕެކޭޖަކީ ހުރިހާ މީހުންނަށް ވެސް ނެގޭނެ ޕެކޭޖެކެވެ.

އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ރިޔާޒު ވިދާޅުވީ މި ޕެކޭޖަކީ ސަލާމަތީ ހިދުމަތް ދޭ ފަރާތްތަކަށް ހާއްސަކޮށް ނެރެފައިވާ "ކަށަވިި" ޕެކޭޖުގެ ބައެއް ކަމަށެވެ. ނަމަވެސް، އަލަށް ނެރުނު "100ކޭ ޝީލްޑް" ޕެކޭޖަކީ ހުރިހާ މީހުންނަށް ވެސް ނެގޭނެ ޕެކޭޖެކެވެ.

"100ކޭ ޝީލްޑް" ޕެކޭޖު ދޫކުރާނީ އަމާނާތަކާފުލްގެ ކަސްޓަމަރު ސާވިސް ސެންޓަރު ހުންނަ ހ. މިޔަލަނި، ސޯސަން މަގު އަގޯރާ ހުންނަ އިމާރާތުގެ ތިންވަަނ ފަންގިފިލާ އިންނެވެ. މީގެ އިތުރުން އެ ކުންފުނީގެ ވެބްސައިޓުގައިވާ ގަރާޖުތަކާއި އަމާނާތަކާފުލް މޮބައިލް އެޕްލިކޭޝަން އަދި އެ ކުންފުނީގެ ވެބްސައިޓުންނެވެ.