1 ފެބުރުއަރީގެ އަމުރު

ޑީޖޭއޭގެ ތަރުޖަމާން ދޫކޮށްލައިފި

ސުޕްރީމް ކޯޓްގެ ދަށުން ހިންގާ، ޖުޑިޝަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭގެ ސްޕޯކްސްޕާސަން، ފައިސަލް އާދަމް ހައްޔަރު ކުރުމަށް ފަހު ދޫކޮށްލައިފި އެވެ.

ފައިސަލް ހައްޔަރުކޮށްފައި ވަނީ ޑީޖޭއޭ އާއި އޭނާ ދިރިއުޅޭ ގެ ބަލާ ފާސް ކުރުމަށް ފަހު އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ. ފައިސަލްއާ ބައްދަލު ކުރުމަށް އޭނާގެ ވަކީލު ހުސައިން ޝަމީމް އެދުން ނަމަވެސް ފުލުހުން ބުނެފައި ވަނީ އޭނާއާ ބައްދަލު ކުރެވޭނީ ފައިސަލްއަކީ ހައްޔަރުކުރި މީހެއްގެ ގޮތުގައި ސިސްޓަމަށް އެންޓާ ކުރުމުން ކަމަށެވެ.

ނަމަވެސް އެނގިފައިވާ ގޮތުގައި ފުލުހުން ފައިސަލްއާ ސުވާލު ކުރުމަށް ފަހު ރޭ ފަތިހުގެ ވަގުތެއްގައި އޭނާ ގެޔަށް ދޫކޮށްލައިފަ އެވެ.

ފައިސަލް އަކީ ޑީޖޭއޭގެ ފަރާތުން މީޑިއާއަށް މައުލޫމާތު ދީ އަދި އެ ޑިޕާޓްމަންޓްގެ ސޯޝަލް މީޑިއާގެ އެކައުންޓްތައް ވެސް ބަލަހައްޓާ ބޭފުޅާ އެވެ.