ވިޔަފާރި

ޕިއްޒާބޯނާ އިން މިފަހަރު "ޗިކަން ސުޕްރީމް ޕިއްޒާ"

Feb 13, 2018

ޕިއްޒާ އަށް ދެވި ހިފާފައިވާ މީހުން މަދެއް ނޫނެވެ. ހެނދުނު ސަޔަށް ޕިއްޒާ ރަނގު ކަމަށް ބުނަނީ އެހެންވެ އެވެ. އެ ފަދަ މީހުންނަށް ޕިއްޒާބޯނާ އިން މިދެނީ ހަދިޔާ އެކެވެ. ޕިއްޒާބޯނާ އިން މި ފަހަރު މި ނެރުނީ "ޗިކަން ސުޕްރީމް ޕިއްޒާ" އެވެ.

ކުޅި ރަހަތަކަށް ލޯބި ކުރާ މީހުންނަށް ހާއްސަކޮށް ނެރެފައިވާ "ހޮޓް އެންޑް ސްޕައިސީ" މި ޕިއްޒާ ވެސް މިހާރު ވަރަށް ބޮޑަށް ދަނީ ވިކެމުންނެވެ.

ސަބްމެރިން އާއި ޕިއްޒާ ވެސް ފިހެމުންދާ ޕިއްޒާބޯނާ އިން ހާއްސަ "ސްކެއާ ޕިއްޒާ" އެއް ތައްޔާރު ކުރެ އެވެ. އަދި ޕާޓީ ތަކަށް ހާއްސަކޮށް ތައްޔާރު ކޮށްފައިވާ މީގެ ޕިއްޒާއެއްގައި 16 ފޮތި ހުރެ އެވެ. މި ޕިއްޒާއާއެކު ހިލޭ 500 އެމްއެލްގެ ކޯކު ފުޅިއެއް ވެސް ލިބެ އެވެ. ޕިއްޒާ އާއި ސަމްބެރިންނަށް އޯޑަރު ދިނުމަށް ގުޅާނީ، ނަމްބަރު 3009779 އަށެވެ. ދެހާސް ދިހަ ވަނަ އަހަރު ވުޖޫދަށް އައި ޕިއްޒާ ބޯނާއިން ދާދިފަހުން ވަނީ މަޖީދީމަގު (ހ. އިރުވައި) ގައި ތަނެއް ހުޅުވާފަ އެވެ. އަދި ޕިއްޒާބޯނާގެ އައުޓްލެޓެއް، މ. ނޫފަރު (ކުރީގެ ކޯސްޓްލައިން ގޯޅި) ތެރޭގައި ވެސް ހުރެ

ކޮންމެއަކަސް ދަނޑިވަޅު ބަލާފަ ޕިއްޒާބޯނާ އިން މި އޮތީ ތަފާތު ޕިއްޒާއެއް ނެރެފަ އެވެ. މިފަހަރު މިނެރުނީ އެންމެ ކުޅި " ޗިކަން ސުޕްރީމް ޕިއްޒާ" އެވެ.