ވިޔަފާރި

ލަފާކުރި ވަރަށްވުރެ އާމްދަނީ އިތުރުވީ ކުޑަކޮށް!

Feb 13, 2018
2
  • ޖުމްލަ އާމްދަނީއަކީ 2.2 ބިލިއަން ރުފިޔާ
  • ޑޮލަރުން ލިބުނީ 73.2 މިލިއަން ޑޮލަރު
  • އެންމެ ގިނައިން އާމްދަނީ ލިބުނީ ޖީއެސްޓީއިން

މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާ ކުރި ވަރަށްވުރެ އާމްދަނީ އިތުރުވެފައިވަނީ ކުޑަ މިންވަރެއް ކަމަށް، މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ، މީރާގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ދައުލަތަށް ލިބިފައިވަނީ 2.2 ބިލިއަން ރުފިޔާ އެވެ. އެމެރިކާ ޑޮލަރުން ލިބުނު އާމްދަނީއާ އެއްކޮށް ބަލާއިރު މިދިޔަ އަހަރުގެ އާމްދަނީ ވަނީ 0.02 ޕަސެންޓް އިތުުރުވެފަ އެވެ. އަދި މިދިޔަ މަހު ޑޮލަރުން އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 73.7 މިލިއަން ޑޮލަރެވެ.

ޓެކުހުގެ ގޮތުގައި އެންމެ ގިނަ އިން އާމްދަނީ ލިބިފައިވަނީ މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) އިންނެވެ. ޖީއެސްޓީގެ ގޮތުގައި މިދިޔަ މަހު 825 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް ކުރީ އަހަރުގެ ޖެނުއަރީ މަހު ލިބުނީ 744 މިލިއަން ރުފިޔާ އެވެ. އަދި ވިޔަފާރިއާ ފައިދާއިން ނަގާ ޓެކްސް (ބީޕީޓީ) އިންނެވެ. ބީޕީޓީގެ ގޮތުގައި މިދިޔަ މަހު ލިބިފައިވަނީ 872 މިލިއަން ރުފިޔާ އެވެ. ނަމަވެސް ކުރީ އަހަރު ލިބުނީ 944 މިލިއަން ރުފިޔާ އެވެ. ގްރީން ޓެކުހުގެ ގޮތުގައި މިދިޔަ މަހު 102 މިލިއަން ރުފިޔާ ލިބުނުއިރު، މިދިޔަ އަހަރު ލިބުނީ 62 މިލިއަން ރުފިޔާ އެވެ. އަދި މިދިޔަ މަހާއި މިދިޔަ އަހަރު ވެސް ލިބިފައިވަނީ ނުވަ މިލިއަން ރުފިޔާ އެވެ.

މިދިޔަ މަހު އެއާޕޯޓް ޑިވްލޮޕްމަންޓް ފީ (އޭޑީއެފް) ގެ ގޮތުގައި ލިބުނީ 54 މިލިއަން ރުފިޔާ އެވެ. އަދި ޓޫރިޒަމް ބިން ކުއްޔަށް ދީގެން މިދިޔަ މަހު 79 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ކުރީ އަހަރު ލިބުނީ 60 މިލިއަން ރުފިޔާ އެވެ.