ބޭރު ކުޅިވަރު

ބައިސްކަލް ސްޓަންޓް ހެދުމުގެ ހުނަރުވެރިޔާ ޓޮމް ރާއްޖެ އަށް

ދިވެހިންނަށް ހުނަރުތައް ދައްކާލުމުގެ ގޮތުން ހަ ދުވަހުގެ ޓުއާއެއްގައި ޓްރައިލް ބައިކް (ބައިސްކަލް ސްޓަންޓް ހެދުމުގެ) ދުނިޔޭގެ ޗެމްޕިއަން އަދި ގިނިސް ވޯލްޑް ރެކޯޑްތަކެއް ހަދާފައިވާ އޮސްޓްރިއާގެ ޓޯމް އޮލާ މިއަދު ހެނދުނު ރާއްޖެ އަތުވެއްޖެ އެވެ.

ބައިސްކަލުގައި ސްޓަންޓް ހެދުމުގެ އާދަޔާ ހިލާފު ހުނަރުތަކެއް ލިބިފައިވާ ރެޑްބުލްގެ އެތުލީޓެއް ކަމަށްވާ ޓޮމް ،31، މިއަދު ހެނދުނު ރާއްޖެ އައީ ރެޑްބުލް އާއި ޔޫރޯ ސްޓޯރް އިން އިންތިޒާމުކޮށްފައިވާ ޓުއާގައި އޭނާގެ ހުނަރުތައް ދައްކާޅުމަށެވެ.

އެގޮތުން މި ޓުއާގެ ފުރަތަމަ ޝޯ، މިއަދު ހަވީރު މާފަންނު ސޯޝަލް ސެންޓަރު ސަރަހައްދުގައި ވަނީ ބާއްވައިފަ އެވެ. ޓޮމްގެ ފުރަތަަމަ ޝޯ އަށް ވެސް ރަނގަޅު ތަރުހީބެއް ލިބުނެވެ.

ޓޮމް އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ އޭނާ ހަދައިފައިވާ ދުނިޔޭގެ ރެކޯޑްތަކުންނެވެ. ބައިސްކަލެއްގައި ހައި ޖަމްޕް ހެދުމުގެ ދުނިޔޭގެ ރެކޯޑާއި 400 މީޓަރުގެ ހާޑަލްސްއެއް ބައިސްކަލެއްގައި ފުރިހަމަކޮށްގެން ޓޮމް ވަނީ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދައިފަ އެވެ.

ޓްރައިލް ބައިކް ނުވަތަ ބައިސްކަލްގައި ސްޓަންޓް ހެދުމުގެ ހުނަރުތައް ޓޮމް ވަނީ ވަރަށް ހަގު އުމުރެއްގައި ދަސްކޮށްފަ އެވެ. ޕްރޮފެޝަން ޓްރައިލް ބައިކް އެތުލީޓެއްގެ ގޮތުގައި ޓޮމް ވާދަވެރި މުބާރާތްތަކުގައި ބައިވެރިވާން ފެށީ އުމުރުން 15 އަހަރުގަ އެވެ. އޮސްޓްރިއާ ޓްރައިލް ބައިކް ޗެމްޕިއަންކަން ޓޮމް އެންމެ ފުރަތަމަ ހޯދީ އުމުރުން 18 އަހަރުގަ އެވެ. އޮސްޓްރިއާގެ ޗެމްޕިއަންކަން އޭނާ ވަނީ ޖުމްލަ ހަ ފަހަރު ކާމިޔާބުކޮށްފަ އެވެ. މީގެ އިތުރުން ޓޮމް ވަނީ 2006 ވަނަ އަހަރު ޔޫރަޕިއަން އިންޑޯ ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފަ އެވެ. ދުނިޔޭގެ ޗެމްޕިއަންކަން ޓޮމް ހޯދީ 2008 ވަނަ އަހަރެވެ. ކުވޭތުގައި އެ އަހަރު އޮތް ވޯލްޑް ޗެމްޕިއަންޝިޕް ޓޮމް ކާމިޔާބުކުރީ ބިރުކުޑަ ސްޓަންތަކެއް ހަދައިގެނެވެ.

ދުނިޔޭގެ އެންމެ ތަޖުރިބާކާރު އެއް ޓްރައިލް އެތުލީޓު ކަމަށްވާ ޓޮމް ރާއްޖެ އަށް ކުރާ ދަތުރުގައި ރާއްޖޭގެ ފަސް ސަރަހައްދެއްގައި އޭނާގެ ހުނަރު ދައްކާލުމުގެ ޝޯތަކެއް ބާއްވާނެ އެވެ. މި ޝޯތައް އޮންނާނީ މާލެ އާއި ހުޅުމާލެ އާއި ވިލިނގިލީގެ އިތުރުން އައްޑޫ ސިޓީގެ ހުޅުމީދޫ އާއި ފޭދޫ އާއި ހިތަދޫ އަދި ޏ.ފުވައްމުލަކުގަ އެވެ.

 

 

 

 

 

 

 

މާލެ – މާފަންނު ސޯޝަލް ސެންޓަރު ޖަންކްޝަން، 1630

އައްޑޫ – ހިތަދޫ، 1630

އައްޑޫ – ހުޅުމީދޫ، 1430

އައްޑޫ – ފޭދޫ، 1630

ފުވައްމުލަކު – ހާބަރު ސަރަހައްދުގައި، 1630

ވިލިނގިލި – 1130

ހުޅުމާލޭ – ފެރީ ޓާމިނަލް ސަރަހައްދު (1600)

ހުޅުމާލޭ – އެއް ނަމްބަރު ބަސް ސްޓޮޕް ސަރަހައްދު (1700)

މާލެ – ރާޅުގަނޑު ސަރަހައްދު - 2100