އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބުދުﷲ ހައްޔަރުކޮށް އޭނާއަށް ހުުކުމް އިއްވާފައި ވަނީ ރާއްޖޭން ސޮއި ކޮށްފައިވާ އިންސާނީ ހައްގުތަކުގެ މުއާހަދާތަކާ ހިލާފަށް ނުހައްގުން ކަމަށް ބުނެ އޭނާ ދޫކޮށްލަން ޔޫއެން ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން ގޮވާލައިފި އެވެ.
އިމްރާން ހައްޔަރުކޮށް އޭނާގެ މައްޗަށް ޝަރީއަތް ހިންގައި އޭނާ 12 އަހަރަށް ޖަލަށް ލީ ގޮތާ ބެހޭ ގޮތުން ޔޫއެން ވޯކިން ގްރޫޕަށް ހުށަހެޅި ޝަކުވާތައް ބަލައި، އެ ޝަކުވާތަކާމެދު ދިވެހި ސަރުކާރާ ސުވާލުކޮށް މައުލޫމާތު ހޯދައިގެން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ އިމްރާނާ މެދު އަމަލުކޮށްފައި ވަނީ ޔުނިވާޝަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސްގެ 2،5،9،10،11،18،1920 އަރި 21 މި މާއްދާތަކާ ހިލާފަށް ކަމަށެވެ. އަދި ބުނެފައި ވަނީ އޭނާއާ މެދު އަމަލުކޮށްފައި ވަނީ އިންޓަނޭޝަނަލް ކޮވެނެންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް ގެ 1،2،7،910،14،18،19،21، އަދި 25 މި މާއްދާތަކާ ވެސް ހިލާފަށް ކަމަށެވެ.
އިމްރާނު ހައްޔަރުކޮށް އޭނާގެ މައްޗަށް ޝަރީއަތް ހިންގައި ޖަލަށްލުމުގައި ރާއްޖޭން މި ދެ މުއާހަދާގެ މި މާއްދާތަކާ ހިލާފުވި ގޮތް ރިޕޯޓުގައި ތަފުސީ،ލުކޮށް ކިޔައިދީފައި ވެއެވެ. އެ ތަފުސީލުތައް ދިނުމަށް ފަހު ބުނެފައި ވަނީ އޭނާއާ މެދު އަމަލު ކުރި ގޮތް އިންސާނީ ހައްގުތައް ނަގައިލުމުގެ ތިން ދަރަޖަައަކަށް ފެތޭ ކަމަށެވެ. އެގޮތުން ހައްގުތައް ނަގައިލުމުގެ އެއް ވަނަ ދެވަނަ އަދި ތިންވަނަ އަދި ފަސް ވަނަ ދަރަޖައަށް އެކަން ފެތޭ ކަމަށެވެ.
އިމްރާން ވަގުތުން ދޫކޮށްލައި އޭނާއަށް ބަދަލު ދިނުމަށް ރިޕޯޓުގައި ގޮވާލާފައި ވެއެވެ.
ރިޕޯޓުގައި ބުނެފައި ވަނީ ޔޫއެން ވޯކިން ގްްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން ނިންމާ ނިންމުންތަކަށް ރިއާޔަތްކޮށް، އެ ގްރޫޕުން ލަފާދޭ ފިޔަވަޅުތައް އަޅަން ޔޫއެން ހިއުމަން ރައިޓްސް ކައުންސިލުން ހުރިހާ ގައުމަކަށް ވެސް ބާރު އަޅާކަން ފާހަގަ ކުރާ ކަމަށެވެ. އަދި މި ނިންމުމާ މެދު އަމަލު ކުރި ގޮތް ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭފައި އެ ގްރޫޕަށް ސަރުކާރާއި، އިމްރާނުފެ ފަރާތުން މައުލޫމާތު ދިން މަސްދަރުން އަންގަންް ވަނީ އެދިފަ އެވެ.
އެގޮތުންް ދޭން އެދިފައިވާ މައުލޫމާތު ތަކަކީ އިމްރާން މިނިވަންކޮށްފައިވާކަން ނުވަތަ ނޫންކަމާއި އޭނާއަށް ބަދަލުދިންކަން ނުވަތަ ނޫންކަން އަދި އޭނާގެ ހައްގުތައް ނަގައިލި މައްސަލަ ތަހުގީގުކޮށްފައިވާކަން ނުވަތަ ނޫންކަމެވެ.