ދުނިޔެ

އެމެރިކާގެ ސްކޫލެއްގައި ބަޑީގެހަ މަލަތަކެއް، 17 މަރު

އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ ޕާކްލޭންޑް ނަމަކަށް ކިޔާ ރަށުގައިވާ ހައިސްކޫލެއްގެ ތެރޭގައި އެ ސްކޫލުގެ އިސް ދަރިވަރަކު ދިން ބަޑީގެ ހަމަލާތަކެއްގައި 17 މީހުން މަރުވެ، އެތައް ބަޔަަކު ޒަހަމްވެއްޖެެ އެވެ.

ހަމަލާތައް ދިނީ ނިކޮލަސް ކްރޫޒް ނަމަކަށް ކިޔާ އުމުރުން 19 އަހަރުގެ ޒުވާނެކެވެ. އޭނާ މިހާރު ހުރީ ހައްޔަރުކޮށްފައެވެ. އޭނާ ވަނީ ސްކޫލުތެރެއަށް ވަނުމުގެ ކުރިން މަގުމަތިން ވެސް ދެމީހަކު މަރާލާފަ އެވެ. ބަޑީގެ ހަމަލާދިނުމަށް ފަހު ފިލައިގެން އުޅެނިކޮށް އޭނާ ހައްޔަރު ކުރީ ކައިރީގައިވާ ކޮރަލް ސްޕްރިންގްސް ނަމަކަށް ކިޔާ ރަށުންނެވެ. އޭނާއަކީ ހާދިސާ ހިނގި ސްޓޯން މޭން ޑަގްލަސް ހައި ސްކޫލުން އަހުލާގީ މައްސަލައަކާ ހެދި ކަނޑާލާފައިވާ ޒުވާނެކެވެ.

އިއްުޔެގައި ދިން އެ ހަމަލާއަކީ އެމެރިކާގެ ކަނެކްކަޓް ސްޓޭޓްުގެ ސްކޫލެއްގައި 2012 ވަަނަ އަހަރު ދިން ހަމަލާގެ ފަހުން ދިން އެންމެ ނުރައްކާތެރި ހަމަލާއެވެ. އެފަހަރުގެ ހަމަލާގައި 26 މީހުން މަރުވިއެވެ.

ފަސޭހައިން ބަޑި ގަންނަން ލިބޭ އެމެރިކާގެ ސްކޫލުތަކުގައި މިފަދަ ގަތުލުއާއްމުތައްް ހިންގުމަކީ އާއްމު ކަމެކެވެ. އިއްޔެ ހާދިސާއާ ހަމައަށް މިއަހަރު އެކަނިވެސް ބަޑިޖެހުމުގެ މަދުވެގެން 18 ހާދިސާއެއްް އެގައުމުގައި ހިނގިއެވެ. އަދި އޭގެ ތެރެއިން ފަސް ހާދިސާއެއްގައި މީހުން މަރުވިއެވެ.