ވިޔަފާރި

ޕިއްޒާބޯނާ: ރަހަ މީރުކޮށްލައި ސަބްމެރިން ހެޔޮކޮށްލައިފި!

Feb 15, 2018
1
  • ސަމްބެރިންއެއް 68ރ. އަށް
  • ހިލޭ ކޯކު ލިބޭނެ
  • ފްރީ ޑެލިވަރީގެ ހިދުމަތާއެކު

ޕިއްޒާބޯނާ އިން ވިއްކާ، ސަބްމެރިން ބޮޑު ތަނުން ހެޔޮކޮށް އިތުރު ރަހަ ތަކެއް މިއަދު ނެރެފި އެވެ.

ޕިއްޒާބޯނާ އިން ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ ސަބްމެރިންގެ އަގު ހެޔޮކުރީ ކަސްޓަމަރުންގެ ޑިމާންޑް މަތިވުމުން ޖީބަށް ލުއިކޮށްލުމަށް ކަމަށެވެ.

"ވަރަށް ބޮޑު ތަރުހީބެއް ލިބޭ އެއްޗެއް ޕިއްޒާބޯނާ ސަމްބެރިންއަކީ. އެހެންވެ އާއްމުންނަށް ދޭ ހަދިޔާއެއް މިއީ،" އޮފިޝަލް ވިދާޅުވި އެވެ.

ޕިއްޒާބޯނާ ސަބްމެރިންގެ އަގަށް ގެނައި ބަދަލާއެކު ކުރިން 75ރ. އަށް ވިއްކި ސަބްމެރިން މިހާރު 68ރ. އަށް ލިބޭނެ އެވެ. މިއީ ގާތްގަނޑަކަށް 10 ޕަސެންޓުގެ ހެޔޮވުމެކެވެ.

ސަބްމެރިންގެ އަގު ހެޔޮ ކުރުމުގެ އިތުރުން މިވަނީ އިތުރު ރަހަތަކެއް ވެސް ނެރެފަ އެވެ. ކުރިން ހަމައެކަނި ޗިކަން ސަބްމެރިން ލިބެން ހުރިނަމަވެސް މިހާރު ވެޖިޓަބަލް އާއި ތަންދޫރި ޗިކަން އަދި ބީފް އާއި ޓޫނާ ވެސް ލިބޭނެ އެވެ.

"ސިއްރު" ރެސިޕީގެ ރަހަތައް ހިމޭ މީރު ސަބްމެރިންއާއެކު 500 އެމްއެލްގެ ކޯކު ފުޅިއެއް ވެސް ހިލޭ ލިބޭނެ އެވެ.

ދެހާސް ދިހަ ވަނަ އަހަރު ވުޖޫދަށް އައި ޕިއްޒާ ބޯނާއިން ދާދިފަހުން ވަނީ މަޖީދީމަގު، ހ. އިރުވައި ގައި ތަނެއް ހުޅުވާފަ އެވެ. ޕިއްޒާ ބޯނާ އިން "ސްކެއާ ޕިއްޒާ" އެއް ވެސް ތައްޔާރު ކުރެ އެވެ. ޕާޓީތަކަށް ހާއްސަކޮށް ތައްޔާރު ކޮށްފައިވާ މީގެ ޕިއްޒާއެއްގައި 16 ފޮތި ހުރެ އެވެ. އަދި ޕިއްޒާއާއެކު ހިލޭ 500 އެމްއެލްގެ ކޯކު ފުޅިއެއް ވެސް ލިބެ އެވެ. ޕިއްޒާ އާއި ސަމްބެރިންނަށް އޯޑަރު ދިނުމަށް ގުޅާނީ، ނަމްބަރު 3009779 އަށެވެ.