އަދާލަތު ޕާޓީ

ވޯކިން ގްރޫޕުގެ ނިންމުމާ އެއްގޮތަށް އިމްރާން މިނިވަންކުރޭ: އަދާލަތު

އަދާލަތުޕާޓީގެ ރައީސް އިމްރާން އަބުދުﷲ ބަންދުކޮށްފައި ހުރީ ނުހައްގުން ކަމަށާއި އޭނާ ދޫކޮށްލަން ޖެހޭ ކަމަށް ޔޫއެން ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން ނިންމި ނިންމުމަށް ސަރުކާރުން އިހުތިރާމްކޮށް އޭނާ މިނިވަން ކުރަން އަދާލަތުޕާޓީން ގޮވާލައިފި އެވެ.

އަދާލަތު ޕާޓީން މިއަދު ބޭއްވި ނޫސްކޮންފަރެންްސެއްގައި އެ ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ ޔޫއެންގެ ރިޕޯޓަށް އަމަލު ނުކުރަން ސަރުކާރުން ދައްކަން ޖެހޭ އެއްވެސް އުޒުރެއް ނެތް ކަމަށެވެ. އަދި ވިދާޅުވީ އެގޮތަށް ކަންތައްކޮށްގެން އެދެވޭ ނަތީޖާއެއް ނުނުކުންނާނެ ކަމަށެވެ.

"މުޅި ދުނިޔެއިން މިވަނީ ސަރުކާރަަށް ފިއްތުންތައް ކުރިމަތިވެފައި. މުޅި ދުނިޔޭގައި ސަރުކާރު މިދަނީ ވަރަށް ބޮޑަށް އެކަހެރިވަމުން،" އޭނާ ވިދާޅުވިއެވެ.

އިދިކޮޅު އެހެން ޕާޓީތަކުން ވެސް ދައުވާ ކުރަމުން ދަނީ ފެބްރުއަރީމަހުގެ ފުރަތަަމަ ދުވަހު ސުޕްރީމްކޯޓުން ނެރުނު އަމުރުގައި މިނިވަންކޮށް ދޫކޮށްލަންް ބުނެފައިވާ ބޭފުޅުންނަކީ މިހާރު މިނިވަނުން ކަމަށެވެ. އަލީ ޒާހިރު ވިދާޅުވީ އިމްރާން މިނިވަން ވެއްޖެ ކަމަށް ކަނޑައެޅި ފަހުން ވަކީލުންނަށް ވެސް އޭނާއާ ބައްދަލު ނުކުރެވޭ ކަމަށާއި އޭނާ ހުންނެވި ހާލުކޮޅެއް ވެސް ނޭނގޭ ކަމަށެވެ.

އިމްރާން ހައްޔަރުކޮށް އޭނާގެ މައްޗަށް ޝަރީއަތް ހިންގައި އޭނާ 12 އަހަރަށް ޖަލަށް ލީ ގޮތާ ބެހޭ ގޮތުން ޔޫއެން ވޯކިން ގްރޫޕަށް ހުށަހެޅި ޝަކުވާތައް ބަލައި، އެ ޝަކުވާތަކާމެދު ދިވެހި ސަރުކާރާ ސުވާލުކޮށް މައުލޫމާތު ހޯދައިގެން ނެރުނު ރިޕޯޓުގައި ބުނެފައި ވަނީ އިމްރާނާ މެދު އަމަލުކޮށްފައި ވަނީ ޔުނިވާޝަލް ޑެކްލަރޭޝަން އޮފް ހިއުމަން ރައިޓްސްގެ 2،5،9،10،11،18،1920 އަރި 21 މި މާއްދާތަކާ ހިލާފަށް ކަމަށެވެ. އަދި ބުނެފައި ވަނީ އޭނާއާ މެދު އަމަލުކޮށްފައި ވަނީ އިންޓަނޭޝަނަލް ކޮވެނެންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް ގެ 1،2،7،910،14،18،19،21، އަދި 25 މި މާއްދާތަކާ ވެސް ހިލާފަށް ކަމަށެވެ.

އިމްރާނު ހައްޔަރުކޮށް އޭނާގެ މައްޗަށް ޝަރީއަތް ހިންގައި ޖަލަށްލުމުގައި ރާއްޖޭން މި ދެ މުއާހަދާގެ މި މާއްދާތަކާ ހިލާފުވި ގޮތް ރިޕޯޓުގައި ތަފުސީ،ލުކޮށް ކިޔައިދީފައި ވެއެވެ. އެ ތަފުސީލުތައް ދިނުމަށް ފަހު ބުނެފައި ވަނީ އޭނާއާ މެދު އަމަލު ކުރި ގޮތް އިންސާނީ ހައްގުތައް ނަގައިލުމުގެ ތިން ދަރަޖަައަކަށް ފެތޭ ކަމަށެވެ. އެގޮތުން ހައްގުތައް ނަގައިލުމުގެ އެއް ވަނަ ދެވަނަ އަދި ތިންވަނަ އަދި ފަސް ވަނަ ދަރަޖައަށް އެކަން ފެތޭ ކަމަށެވެ.

އިމްރާން ވަގުތުން ދޫކޮށްލައި އޭނާއަށް ބަދަލު ދިނުމަށް ރިޕޯޓުގައި ގޮވާލާފައި ވެއެވެ.

ރިޕޯޓުގައި ބުނެފައި ވަނީ ޔޫއެން ވޯކިން ގްްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަން އިން ނިންމާ ނިންމުންތަކަށް ރިއާޔަތްކޮށް، އެ ގްރޫޕުން ލަފާދޭ ފިޔަވަޅުތައް އަޅަން ޔޫއެން ހިއުމަން ރައިޓްސް ކައުންސިލުން ހުރިހާ ގައުމަކަށް ވެސް ބާރު އަޅާކަން ފާހަގަ ކުރާ ކަމަށެވެ. އަދި މި ނިންމުމާ މެދު އަމަލު ކުރި ގޮތް ކުރިއަށް އޮތް ހަމަސް ދުވަހުގެ ތެރޭފައި އެ ގްރޫޕަށް ސަރުކާރާއި، އިމްރާނުފެ ފަރާތުން މައުލޫމާތު ދިން މަސްދަރުން އަންގަންް ވަނީ އެދިފަ އެވެ.

އެގޮތުންް ދޭން އެދިފައިވާ މައުލޫމާތު ތަކަކީ އިމްރާން މިނިވަންކޮށްފައިވާކަން ނުވަތަ ނޫންކަމާއި އޭނާއަށް ބަދަލުދިންކަން ނުވަތަ ނޫންކަން އަދި އޭނާގެ ހައްގުތައް ނަގައިލި މައްސަލަ ތަހުގީގުކޮށްފައިވާކަން ނުވަތަ ނޫންކަމެވެ.