ވިޔަފާރި

އަލްޝާލީއިން މަތީ ފަންތީގެ މާކެޓަށް ލަގްޒަރީ ލޯންޗެއް ނެރެފި

އަލްޝާލީ މެރިން މޯލްޑިވްސް (އޭސްމެރިން) އިން މަތީ ފަންތީގެ މާކެޓަށް ހާއްސަ ލަގްޒަރީ ލޯންޗެއް މިއަދު ނެރެފި އެވެ.

އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނިން މިފަހަރު ބާލާފައިވަނީ "މަޖްލާން 45" ގެ ނަމުން ނަން ދީފައިވާ ލަގްޒަރީ ލޯންޗެކެވެ.

ފުލް އެއާކޮންޑިޝަން މި ލޯންޗާ ބެހޭ ގޮތުން ތިލަފުށީގައި މައުލޫމާތު ދެއްވަމުން އަލްޝާލް މެރިން މޯލްޑިވްސްގެ އޮޕަރޭޝަން މެނޭޖަރ ޝަރީފް ވިދާޅުވީ މި ލޯންޗް ފަރުމާކޮށްފައިވަނީ "ހައި އެންޑް ކާލްސް ޓްރާންސްފާތަކަމަށް ހާއްސަކޮށްގެން ކަމަށެވެ.

"މިއީ ފެށުމެއް މީގެ އިތުރު މޮޑެލްތައް ނެރުމުގެ މަސައްކަތް އިރާދުކުރެއްވިއްޔާ މިދަނީ ކުރަމުން،" ޝަރީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އިޓަލީވިލާތުގެ ފަރުމާއަކަށް ބަނދެފައިވަނީ މި ލޯންޗުގެ އެންމެ ހާއްސައެއް ކަމަކީ މިއީ ފެނަށް ފަށްސިތަ "ސްޓޭބަލް" އުޅަނދަކަށްވުން ކަމަށެވެ.

ބާރަ މީހުންގެ ޖާގައިގެ މި ލޯންޗު އޭސްމެރިންއިން ބަނދެފައިވަނީ ރާއްޖޭގެ މަތީ ފަންތީގެ ރިސޯޓެއް ކަމަށްވާ ހުވަފެންފުއްޓަށެވެ.

ރާއްޖޭގެ ބޯޓް ބިލްޑިން މާކެޓުގައި އެންމެ އާ ގިނަ ފަރުމާތައް ނެރެމުންދާ އަލްޝާލީގެ އުޅަނދުތަކަށް އެންމެ ފަހުން ބޭއްވި ބޯޓިން އެވޯޑުގައި ގިނަ ވަނަތަކެއް ވަނީ ލިބިފަ އެވެ.

ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ކޯސްޓްލައިްން އާއި ޔޫއޭއީގެ އަލްޝާލީ މެރިން ގުޅިގެން އުފައްދާފައިވާ އަލްޝާލީ މެރިން މޯލްޑިވްސް އަކީ މެރިން އިންޑަސްޓްރީގެ "ޓޯޓަލް ސޮލިއުޝަން" ދޭ ހަމައެކަނި ކުންފުންޏެކެވެ.