ވިޔަފާރި

މިދިޔަ މަހު ދައުލަތައް ލިބުނު އާމްދަނީ 14.9 ޕަސެންޓް އިތުރު

May 12, 2015

މިދިޔަ މަހު ދައުލަތައް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު 14.9 ޕަސެންޓް އިތުރު ވެފައިވާ ކަމަށް މީރާއިން ބުނެފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާއިން އާއްމުކުރި ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ދައުލަތައް 940.3 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިދިޔަ އަހަރުގެ އެޕްރީލް މަހު ލިބިފައިވަނީ 818.6 މިލިއަން ރުފިޔާ އެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު 14.9 ޕަސެންޓުގެ ކުރި އެރުމެކެވެ.

މީރާގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޑޮލަރުން ލިބުނު އާމްދަނީގެ ގޮތުގައި 41.2 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ އެޕްރީލް މަހު ލިބިފައިވަނީ 34.6 މިލިއަން ޑޮލަރެވެ. މިއީ 6.5 ޕަސެންޓުގެ ކުރިއެރުމެކެވެ.

މީރާއިން ބުނި ގޮތުގައި ޑޮލަރުން ލިބުނު އާމްދަނީ އިތުރުވުމުގެ މައިގަނޑު އެއް ސަބަބަކީ ޓޫރިޒަމް ޖީއެސްޓީ ރޭޓް،  އަށް ޕަސެންޓުން 12 ޕަސެންޓަށް މަތިވުމެވެ.

އެ އޮތޯރިޓީގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ޖީއެސްޓީގެ ގޮތުގައި 656 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި ބިޒްނަސް ޕްރޮފިޓް ޓެކްސްގެ ގޮތުގައި 96 މިލިއަން ރުފިޔާ ލިބުނެވެ.