ވިޔަފާރި

ޝީޝާއިން ސައިކަލްގެ އަގު ހެޔޮކޮށްފި!

May 12, 2015

ސައިކަލްގެ ގިނަ ވައްތަރުތަކެއް ވިއްކުން ގެންދާ ޝީޝާ އިން ސައިކަލްގެ އަގު ހެޔޮކޮށް، ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ޝީޝާގެ އެސިސްޑެންޓް މެނޭޖަރު ސޭލްސް އެންޑް މާކެޓިން އައިމިނަތު މައިހާ އަހުމަދު ވިދާޅުވީ މިހާރު ކުރިއަށް ގެންދާ ސައިކަލްގެ ޕްރޮމޯޝަންގައި ވަރަށް ބޮޑުތަން ހެޔޮކޮށްފައިވާ ކަމަށާއި، މިއީ ރޯދައަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ޕްރޮމޯޝަނެއް ކަމަށެވެ.

"ކޮންމެ ރޯދަ މަހަކާ ދިމާކޮށް ބާއްވާ ސައިކަލް ތާސްޓް ޕްރޮމޯޝަން ފެށުމުގެ ގޮތުން އެޅުވި ޕްރޮމޯޝަނެއް މިއީ،" މައިހާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ޕްރޮމޯޝަންގައި ސައިކަލް ތަކުން 2،000ރ. އާއި 9،000ރ. ވަރު ހެޔޮކޮށްފައިވާނެ ކަމަށެވެ.

"ސައިކަލްގެ އަގު ބޮޑުވަމުންދާ ދުވަސްވަރެއްގައި މިއީ ވަރަށް ބޮޑުތަން ހެޔޮ ކޮށްލުމެއް،" މައިހާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޝީޝާއިން ސައިކަލްގެ ހަތް މޮޑެލްއެއް ވިއްކުންދާ ކަމަށާއި، މި ސައިކަލްތަކަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ.

"އާ ސައިކަލްތައް މިދަނީ ތައާރަފު ކުރަމުން. މިހާރު އަންހެން ބޭފުޅުންނަށް ސްކޫޕީ ކިޔާ ސައިކަލެއް ގެނެސް ވިއްކުން މިދަނީ. މިއީ ތިރިކޮށް ހުންނަ ދުއްވާލަންވެސް ލުއި ސައިކަލެއް،" މައިހާ ވިދާޅުވި އެވެ.