overall result
updated at
41.6%
58.4%
95631
Yameen Abdul Gayyoom
134128
Ibrahim Mohamed Solih
Counted box:
472 / 472
Turn out:
232853 / 262135
ރިޔާސީ އިންތިހާބު 2018

އިންތިޚާބާމެދު އދ. އާއި އީޔޫއިން އީސީއާ މަޝްވަރާކޮށްފި

Feb 20, 2018

އަންނަ ރިޔާސީ އިންތިޚާބަށް ވަމުންދާ ތައްޔާރީތަކަށް މަޝްވަރާ ކުރުމަށް އދ. ގެ އިންސާނީ ހައްގުތަކާބެހޭ ކޮމިޝަނަރުގެ އޮފީހުގެ ވަފުދުގެ ބޭފުޅުންނާއި އީޔޫއިން އިލެކްޝަންސް ކޮމިޝަނާއި ބައްދަލުކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ވަކިވަކިން ބޭއްވި މި ދެ ބައްދަލުވުމުގައި އދ. ގެ ވަފުދުގެ އިސް ބޭފުޅެއްގެ ގޮތުގައި ބައިވެރިވެ ވަޑައިގެންފައި ވަނީ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮފް ދަ ހައި ކޮމިޝަން ފޯ ހިއުމަން ރައިޓްސްގެ ރޫލް އޮފް ލޯ، އީކްއަލިޓީ އެންޑް ނޮން ޑިސްކްރިމިނޭޝަން ބްރާންޗްގެ ވެރިޔާ މިސް މޯނާ ރޭޝްވާމީ އާއި އދ. ގެ ރެސިޑެންޓް ކޯރޑިނޭޓާ ޝޮކޯ ނޮޑާއެވެ.

އީޔޫން ބައިވެރިވެވަޑައިގެންފައިވަނީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޓުން-ލައި މާގިއޫ އެވެ. މި މަޝްވަރާ ބައްދަލުވުންތަކުގައި އީސީގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ނާއިބު ރައީސް އަމްޖަދު މުސްތަފާ އާއި ކޮމިޝަނުގެ މެންބަރު އަހްމަދު އަކްރަމާއި މެންބަރު އިސްމާއިލް ހަބީބް އަބްދުއްރަހީމާއި ކޮމިޝަންގެ އެކްޓިން ސެކްރެޓަރީ ޖެނެރަލް އަބްދުއްރަހްމާން ސަލާހް ރަޝީދެވެ.

މި ބައްދަލުވުންތަކުގައި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކޮމިޝަނުން ވަމުންދާ ތައްޔާރީތަކާ ބެހޭގޮތުން މަޝްވަރާކުރި އެވެ. އަދި މިހާތަނަށް ކޮމިޝަނުން އިންތިހާބަށް ކޮށްފައިވާ މަސައްކަތްތަށް ފުރިހަމަ ކަމަށް ވިދާޅުވެ އެބޭފުޅުންވަނީ ކޮމިޝަނަށް ތައުރީފް ކޮށްފަ އެވެ. ހަމައެއާއެކު އިންތިޚާބުގެ މަސައްކަތްތަށް އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކުގެ ލަފާވެސް އެބޭފުޅުން އެރުވި އެވެ.