ކުޅިވަރު

ނަތީޖާ ނުނެރެވުނަސް މޮރީނިއޯގެ ޕްލޭން އޭނާ ދިފާއުކޮށްފި

ސެވިއްޔާއާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓަޑަށް ނަތީޖާ ނުނެރެވުނަސް، މެޗަށް އޭނާ އެކުލަވާލި ގޭމްޕްލޭންގެ ދިފާއުގައި މޮރީނިއޯ ވާހަކަ ދައްކައިފި އެވެ.

ސެވިއްޔާގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. މެޗަށް މޮރީއޯ އެކުލަވާލި ޕްލޭންގައި، ޕޮގްބާއަށް ފުރަތަމަ 11 އިން ފުރުސަތު ދީފައެއް ނުވެ އެވެ. ނަމަވެސް އެންޑޭ ހެރޭރާއަށް މެޗުގެ ކުރީ ކޮޅު އަނިޔާ ވުމުން ބަދަލުގައި ޕޮގްބާ އަރުވަން މަޖުބޫރުވި އެވެ.

ވަރުގަދަ އެޓޭކިން ފޯސްއެއް އޮތް ޔުނައިޓަޑަށް މުޅި މެޗުގައި ވެސް ފޮނުވާލެވުނީ އެންމެ ހަ ހަމަލާއެވެ. ނަމަވެސް ސެވިއްޔާއިން 25 ހަމަލާ އުފެއްދި އެވެ. ޔުނައިޓެޑްގެ ކީޕަރު ޑެވިޑް ޑެހެއާ ފެނުނީ ވަރަށް ބިޒީ ކޮށެވެ. ވިންގަށް އެރުވި ކުޅުންތެރިންނާއެކު ޔުނައިޓަޑުން މަސައްކަތް ކުރި ދިފާއު ކުރުމަށެވެ. ފްރީ ރޯލެއް ދިނުމުގެ ބަދަލުގައި އެލެކްސިސް ސަންޗޭޒްއަކީ ޓެކްޓިކަލްރޯލެއް ދީފިނަމަ ތަފާތު ދައްކާ ކުޅުންތެރިޔެކެވެ. އެކަމާ ބެހޭގޮތުން ސުވާލު ކުރުމުން އޭނާ ޖަވާބު ދިނީ އޭނާގެ ޑިފެންސިވް ޕްލޭންއާ ބެހޭ ގޮތުންނެވެ.

"އަހަންނަށް ހީވަނީ ކަލޭމެން [ނޫސްވެރިން] ނުވަތަ ކަލޭމެންގެ ތެރެއިން ގިނަ މީހުން މި ކުޅިވަރަށް އާ ހެން، އިންގެލެންޑްގައި ބައެއް މީހުން ބުނޭ ވިންގަން ކުޅޭ ކުޅުންތެރިޔާ ޑިފެންސް ކުރަން ނުޖެހޭނެޔޭ،" އޭނާގެ ޕްލޭން ދިފާއު ކުރަމުން މޮރީނިއޮ ބުންޏެވެ. "ޑޭވިޑް ބެކަމް އަހަންނާ ދެން ބައްދަލުވާއިރު އަހަރެން އަހާނަން ޑޭވިޑް [ބެކަމް] ކަލޭ މެންޗެސްޓާ ޔުނައިޓަޑަށް ކުޅުނު އިރު އިދިކޮޅު ޓީމުން ޓީމު [ޔުނައިޓަޑް] ގެ ފަހަތުގައި ހަމަލާދޭއިރު ކަލޭމެން ބަލަން ހުންނަން ހެއްޔޭ، ނުވަތަ ކަލޭމެން ބޯޅަ ދިފާއު ކުރަން ފަހަތަށް އަންނަންތޯ، އަހަރެން އެހެން އަހާނަން."

ރޭ ގެމެޗުގައި ސެވިއްޔާއިން އެންމެ ބޮޑަށް ފާހަގަ ކުރެވުނީ ޖީސަސް ނާވަސް އެވެ. އޭނާ ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. ޔުނައިޓަޑްގެ ކީޕަރު ޑެހެއާ ވަނީ އެ ޓީމު ސަލާމަތް ކޮށް ދިނުމުގައި މޮޅު ކުޅުމެއް ދައްކާފަ އެވެ. ސެވިއްޔާއިން ފޮނުވާލި ގިނަ ހަމަލާތަކެއް ހުށިޔާރު ކަމާއެކު އޭނާ ދިފާއު ކުރި އެވެ.

ޔޫކްރޭންގެ ޝެކްޓާ ޑޮނެސްކް އާއި ރޯމާ ކުޅުނު މެޗުގައި، ރޯމާއިން ލީޑް ނަގާފައި ވަނިކޮށް ޝެކްޓާއިން މެޗުގައި ލީޑް ނެގި އެވެ. އެ ޓީމުން މޮޅުވީ 2-1 ންނެވެ.