މޯލްޑިވްސް ކަސްޓަމްސް ސާވިސް

ރަލުގެ މާއްދާތައް ހިމެނޭ ތަކެތި ފިހާރަތަކުން ނަގައިފި

Feb 22, 2018
1

ރާއްޖެއަށް އިމްޕޯޓްކޮށް ބައެއް ފިހާރަތަކުގައި ވިއްކަން ބަހައްޓާފައިވާ ތަކެތީގެ ތެރެއިން ގާނޫނާ ގަވާއިދާ ހިލާފަށް ލޭބަލް ކޮށްފައިވާ ތަކެއްޗާއި ރަލުގެ މާއްދާތައް ހިމެނޭ ކަމަށް ބެލެވޭ ތަކެތި ކަސްޓަމްސްއިން ފާހަގަކޮށް އެ ތަކެތި ނަގައިފި އެވެ.

ކަސްޓަމްސްއިން ބުނީ އެ އިދާރާއިން އިއްޔެ އާއި ރޭގައި ހިންގި ހާއްސަ އޮޕަރޭޝަންގައި ބައެއް ފިހާރަތަކުން ނަގާފައިވާ ކާބޯތަކެތީގެ ތެރޭގައި ގަވާއިދާ ހިލާފަށް ލޭބަލް ކޮށްފައިވާ ތަކެއްޗާއި ރަލުގެ މާއްދާތައް އެކުލެވޭ ކަމަށް ބެލެވޭ ބައެއްތަކެތި ހިމެނުނު ކަމަށެވެ.

މިގޮތުން މިހާތަނަށް ނެގުނު ތަކެތީގެ ތެރޭގައި ބީފް ކެސަރޯލް އާއި ޗިކަން ސްޕްރެޑް މަޔޯނައިސް ހިމެނޭ ކަމަށް ވެސް ބުންޏެވެ.