ޖުމްހޫރީ ޕާޓީ

އަމުރު ނެރުނީ ޖޭޕީއާ އިދިކޮޅުންކުރި އިލްތިމާސްތަކުން: ސަމީރު

ސުޕްރީމްކޯޓުން ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރާ ބެހޭ ގޮތުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބުރާހީމް ދެއްކެވި ވާހަކަފުޅުގެ މުރާދަކީ ޖޭޕީ ވެސް ހިމެނޭ ގޮތުން އިދިކޮޅު ފަރާތްތަކުން ކުރި އިލްތިމާސްތަކުން ކަމަށް ވުން ކަމަށް އެޕާޓީން ބުނެފިއެވެ.

މ. ކުނޫޒުގައިޖޭޕީން މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުން އެޕާޓީގެ ނައިބު ސެކްރެޓަރީ ޖެެނެރަލް އަހުމަދު ސަމީރު ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރު ނެރުމުގެ ކުރިން އިދިކޮޅުން އެކޯޓަށް ގިނަ މައްސަލަތަކެއް ވައްދާފައިވާނެ ކަމަށާއި ޖޭޕީން އެކަނިވެސް އެފަދަ މައްސަލަތައް ވެއްދި ކަމަށެވެ.

" ގުޅިފައިވާ ޕާޓީތަކުން، ޖުމްހޫރީ ޕާޓީވެސް ހިމެނޭ ގޮތަށް ދިވެހިރާއްޖޭގެ ސުޕްރިމްކޯޓަށް ހުށަހަޅާފައިވާ ވަރަށް ގިނަ މައްސަލަތަކަށް ހައްލު ތަކެއް ގެނެސް ދިނުމަށް ޓަކައި ނެރެވިގެން ދިޔަ ހުކުމެއްގެ ގޮތުގައި މިހުކުމް [އަމުުރު] އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން ދަނީ،" ސަމީރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކެއް ފެެބްރުއަރީގެ އެ ހުކުމުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރުންގެ ވާހަކަ އެބަ އޮތް ކަމަށާއި ތިޔަ އެބޭފުޅުންގެ ގޮނޑި ގެއްލިއްޖެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅުމުން އެކަމާ ތަކުރާރުކޮށް ސުޕްރީމް ކޯޓަށް ވަޑައިގެންނެވި ކަމަށެވެ. އަދި ވިދާޅުވީ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅުމުން އެ 12 މެެމްބަރުން މަޖިލީހަށް ނުވައްދާތީ އެ މައްސަލަ ވެސް ވެއްދީ ގުޅިފައިވާ ޕާޓީތަކުން ކަމަށެވެ.

" އެ މައްސަލައިގައި މިދެންނެވި ބާރަ މެމްބަރުން އިހުތިޖާޖު ކުރައްވައި، ކޮންމެ ދުވަހަކު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ދޮރުމައްޗަށް ގޮސް، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުންނާ ބައްދަލުކުރަން އެދި. އެޕޮއިންޓްމެންޓަށް އެދި ސިޓީ ފޮނުވާ، މި މަސައްކަތް ކުރެއްވިކަން އެއީ ފެންނަން އޮތް ހަގީގަތެެއްމ" އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި ހިނގާ ބައެއް ކަންތައްތަކާ ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާ އިރު ' އަޅުގަނޑުމެން' މި ލަފުޒު ބޭނުން ކުރައްްވައިގެން ވާހަކަ ދެއްކެވުމަކީ ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމުވެސް ކުރައްބވާ ކަމެއް ކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެގޮތަށް ވާހަކަ ދެއްކެވުގައި ބައެއް ކުށް ތަކުގެ ވާހަކަ ދައްކަވާފައި ވާއިރު އެ ކުށްތައް ކުރެއްވީ ރައީސް ޔާމީނުކަމަށް މާނަކުރަންވީތޯ އޭނާ ސުވާލު އުފެއްދެވިއެވެ.

އެގޮތުން ރާއްްޖޭގައި ހިންގާ މީހުން މެރުމުގެ ކުށްތަކުގެ ވާހަކަފުޅު ދައްކަވަމުން ވެސް އެ އުސޫލުން ' އަޅުގަނޑުމެން' މި އިބާރާތް ރައީސް ޔާމީނު ވެސް ބޭނުންކުރައްވާފައިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ސަމީރު ވިދާޅުވީ ގާސިމާ ބެހޭ ގޮތުން ދައްކާ ' ފިތުނަ އުފެއްދުމުގެ ވާހަކަތަކުގެ' ސަބަބުން އޭނާއާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަސައްކަތަކަށް ބަދަލެއް ނާންނާނެ ކަމަށެވެ. އިދިކޮޅުން ކުރާ މަސައްކަތުން ގާނޫނީ އިމުގެ ތެރެއިން ރައީސް ޔާމީނު މަގާމުން ދުރުކުރާނެ ކަަަމަށް ވެސް އޭނާ ވިދާޅުވިއެވެ.