މީރާ

މާލީ ހިސާބުތައް ތައްޔާރުކޮށްދޭން މީރާއިން 10 އަތޮޅަކަށް

Feb 27, 2018
1

ކުދި ވިޔަފާރިތަކުގެ މިދިޔަ އަހަރުގެ މާލީ ހިސާބުތައް ތައްޔާރު ކުރުމުގައި އެހީތެރިވެ ދިނުމަށް އަންނަ މަހުން ފެށިގެން އޭޕްރީލް މަހުގެ ނިޔަލަށް މީރާގެ ޓީމުތައް ރާއްޖޭގެ 10 އަތޮޅަކަށް ދަތުރު ކުރުމަށް ނިންމައިފި އެވެ.

މީރާއިން ބުނީ، އަންނަ މަހާއި އޭޕްރީލް މަހުގެ ތެރޭގައި މީރާގެ ޓީމްތައް ބ. އަތޮޅާއި ޅ. އަތޮޅާއި ކ. އަތޮޅާއި އއ. އަތޮޅާއި އދ. އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކަށް ދަތުރުކުރާނެ ކަމަށެވެ. މީގެ އިތުރުން ވ. އަތޮޅާއި މ. އަތޮޅާއި ފ. އަތޮޅާއި ދ. އަތޮޅު އަދި ތ އަތޮޅުގެ ރަށްތަކަށް ވެސް ދަތުރު ކުރަން ނިންމާފައިވާ ކަމަށެވެ.

މީރާއިން ބުނީ، އެހީތެރިކަން އެ ފޯރުކޮށްދޭނީ މިދިޔަ އަހަރުގެ ބީޕީޓީ ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ކަމަށެވެ. އަދި އެ ރަށްތަކުގައި މީރާއިން ކުރަންޖެހޭ އޮޑިޓްތައް ކުރުމާއި ޓެކްސް ދައްކާ ފަރާތްތަކަށް ބޭނުންވާ ޓެކުހާގުޅޭ މައުލޫމާތު ދިނުމަށް ހަމަޖައްސާފައިވާ ކަމަށް ވެސް މީރާއިން ބުންޏެވެ.

ބީޕީޓީ ބަޔާނާއި މާލީ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކުން މީރާގެ ހޮޓްލައިން ނަންބަރަށް 1415 އަށް ގުޅައި ނަން ނޯޓު ކުރުމުގެ ހިދުމަތް ވަނީ މިރާއިން ހުޅުވާލާފަ އެވެ. މީރާގެ ޓީމުތައް ވަނީ މިދިޔަ އަހަރުވެސް ވަނީ 10 އަތޮޅެއްގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް ޓެކްސް ދައްކާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނެވެ.