ކުޅިވަރު

ނަސްރީ، ހަ މަހަށް ސަސްޕެންޑް ކޮށްފި

ބޭނުން ކުރަން ޖެހޭ މިންގަޑަށް ވުރެ އިތުރަށް ބޭސް ބޭނުން ކުރިކަން ސާބިތު ވުމުން ފްރާސްންގެ ކުރީގެ އެޓޭކިން މިޑްފީލްޑާ ސާމިރު ނަސްރީ ފުޓްބޯޅައިގެ ހުރިހާ ހަރަކާތްތަކެއްގައި ބައިވެރިވުން ހަ މަސްވަންދެން މަނާ ކޮށްފި އެވެ.

ނަސްރީ ވަނީ 2016 ވަނަ އެމެރިކާގެ ލޮސްއެންޖަލިސްގެ ކްލިނިކަކުން "ޑްރިޕް ޓްރީޓްމެންޓެއް" ނަގާފަ އެވެ. އެ ޓްރީޓްމެންޓްގައި ނަސްރީގެ ގަޔަށް ވަނީ އަވަހަށް ރިކާވާވުމަށް ބޭނުންވާ ބޭހެއް ބޭނުން ކޮށްފަ އެވެ. އޭނާ އެ އިންޖެކްޝަން ޖެހީ ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ އިތުރަށެވެ.

އެކްޓިވް އެތުލީޓުންނަށް ކަނޑައެޅިފައިވާ މިންގަކީ ކޮންމެ ހަ ގަޑިއިރަކުން 50 މިލިލީޓަރުގެ އިންފިއުޝަނެވެ. ނަމަވެސް ނަސްރީ ވަނީ ލޮސްއެންޖަލިސްގެ ހުންނަ ކުްލިނިކުން 500 މިލިލީޓަރު އިސްތިއުމާލް ކޮށްފަ އެވެ. އޭނާ ފަރުވާ ހޯދީ ލޮސްއެންޖަލިސްގައި އޭނާ ހުރި ހޮޓަލަށް ކްލިނިކްގެ ޑޮކްޓަރުން ގެންގޮސްގެނެވެ.

އޭރު އޭނާ ކުޅެމުން ދިޔައީ މެންޗެސްޓާ ސިޓީގެ ލޯން އުސޫލުން ސެވިއްޔާއަށެވެ. އޭނާ ވަނީ ސެވިއްޔާއަށް 30 މެޗު ކުޅެ ތިން ލަނޑު ޖާހާފަ އެވެ. މިދިޔަ އަހަރު ފެބްރުއަރީ މަހު ސެވިއްޔާއިން ވަނީ ނަސްރީ އެއްވެސް ބޭހެއް ބޭނުން ކޮށްފައި ހުރިތޯ ބަލައި ދިނުމަށް ޔޫއެފްއާގެ ކިބައިން އެދިފަ އެވެ.

ނަމަވެސް އެފަހަރު ނަސްރީ އެކަމަށް ދެކޮޅު ހެދި އެވެ. ފަހުން ސްޕޯޓްސް އާބިޓްރޭޝަން ކޯޓުން ވަނީ އެކަމަށް ފުރުސަތު ދިނުމަށް ނަސްރީއަން އަންގާފަ އެވެ.

ނަސްރީ 30، އެންމެ ފަހުން ކުޅުނީ ތުރުކީގެ އަނަޓޯލިޔަސްޕޯރް އަށެވެ. އޭނާ ވަނީ މި އަހަރުގެ ޖަނަވަރީއާ ހަމަޔަށް އެ ޓީމަށް ކުޅެފަ އެވެ.