އެމްޑަބްލިއުއެސްސީ

މަރާމާތަކަށް މާލޭގެ ބައެއް ސަރަހައްދުތަކުން މިރޭ ފެން ކަނޑާލަނީ

Mar 1, 2018
1

މަރާމާތު ކުރުމުގެ މަސައްކަތަކަށް މާލޭގެ ބައެއް ސަރަހައްދުތަކުން މިރޭ ދަންވަރު 12:00 އިން ފެށިގެން ފަސް ގަޑި އިރަށް ފެން ކަނޑާލަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ވޯޓާ އެންޑް ސުވަރޭޖް ކޮންޕެނީ (އެމްޑަބްލިޔުއެސްސީ) އިން ބުނެފި އެވެ.

މިރޭ ފެން ކަނޑާލަނީ މާފަތްތަކުރުފާނު މަގުގެ ބްލޮކް ނަންބަރު 383، 384، 385 އަދި 386 ވަނަ ބްލޮކާއި ބޮޑުތަކުރުފާނުމަގުން ކޮއިމަލާ ހިނގުމާގުޅޭ ހިސާބުތަކުގައި ހުރި ބްލޮކްތަކަށެވެ. މަސައްކަތްތައް ކުރިއަށްގެންދަނީ މިރޭ 12:00 އިން ފަތިހު 5:00 ޖަހަންދެނެވެ.

މަސައްކަތް ކުރިއަށްދާ ވަގުތު ފެނުގެ ހިދުމަތް ކަނޑާލަން ނިންމާފައިވާތީ އެ ވަގުތުތަކުގައި ބޭނުންތަކަށް ފެން ނަގާފައި ބެހެއްޓުމަކީ ކުރުން މުހިއްމު ކަމެކެވެ. އެމްޑަބްލިޔުއެސްސީން ވަނީ ފެންކަނޑާލުމުގެ ސަބަބުން ދިމާވެދާނެ ދަތިތަކަށް އެ ކުންފުނިން ވަނީ މާފަށް އެދިފަ އެވެ.