ހަބަރު

އަލީ ހުސެއިން ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގައިފި

Mar 1, 2018
5

ރައްޔިތުން މަޖިލީހުގެ ކެންދޫ ދައިރާގެ މެންބަރު އަލީ ހުސެއިން ސުޕްރީމް ކޯޓަށް ހާޒިރުވާން އޭނާއަށް އެ ކޯޓުން އަންގައިފި އެވެ.

އަލީ ހުސެއިން ވަނީ ސުޕްރީމް ކޯޓުން ފޮނުވި އަމުރު އާންމުކޮށްލުމުގެ ގޮތުން އެ ހިމަނައިގެން ޓްވީޓްކޮށްފަ އެވެ. ސުޕްރީމް ކޯޓުން އަލީ ހުސެއިން އަށް ފޮނުވި އަމުރުގައި ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ ބޭނުމަކަށް އަންނަ އާދީއްތަ ދުވަހުގެ މެންދުރުފަހު 1:30 އަށް އެ ކޯޓަށް އޭނާ ހާޒިރުވާން އަންގާ ކަމަށެވެ.

އަމުރުގައި އަލީ ހުސެއިން ސުޕްރީމް ކޯޓަށް ހާޒިރު ކުރަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ބަޔާންކޮށްފައެއް ނުވެ އެވެ. ފަހަކަށް އައިސް އެކި ފަހަރު މަތިން އަލީ ހުސައިން ފުލުހަށް ވެސް ހާޒިރުކޮށްފައި ވެއެވެ.