ވިޔަފާރި

އެމްޓީސީސީއިން ޔަންމާ ޖަނަރޭޓަރުގެ ޕްރޮމޯޝަނެއް

Mar 3, 2018

އެމްޓީސީސީ އިން ޔަމްމާ ޖަނަރޭޓަރަށް ހާއްސަ ޕްރޮމޯޝަނެއް ފަށައިފި އެވެ.

"ސާބަސް" ގެ ނަމުގައި ކުރިއަށް ގެންދާ ޕްރޮމޯޝަނެއް މި ޕްރޮމޯޝަންގެ ދަށުން އެމްޓީސީސީ ކަށަވަރު ޝޯރޫމުން ވިއްކާ ޔަންމާ ބްރޭންޑްގެ ޖަނަރޭޓަރުގެ އެކި މޮޑެލްތައް ގަތުމުން ވަރަށް ހާއްސަ ޑިސްކައުންޓްތެއް ލިބޭނެ އެވެ. މި ޕްރޮމޯޝަން އަމާޒުކުރެވިފައިވަނީ ވަގުތުން ފައިސާ ދައްކަވާ ޖަނަރޭޓަރު ބައްލަވައިގަންނަވާ ފަރާތްތަކަށެވެ. މި ޕްރޮމޯޝަން މިމަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.

އެމްޓީސީސީއިން ވިއްކާ ޔަންމާ ޖަނަރޭޓަރުގެ ތިން މޮޑެލް ކަމުގައިވާ ޔަންމާ ކޮމްޕެކްޓް ޖަނަރޭޓަރު، ޔަންމާ މެރިން ޑީސަލް ޖަނަރޭޓަރު އަދި އިންޑަސްޓްރިއަލް މަސައްކަތަށް ހާއްސަ ޔަންމާ ޑީސަލް ޖަނަރޭޓަރުން ޙާއްސަ ޑިސްކައުންޓްތަކެއް ލިބިގެންދާ މިޕްރޮމޯޝަނަކީ އޮޑިވެރިންނާއި އޮޑިދޯނި ބަންނަފަރާތް ތަކުގެ އިތުރުން ރިސޯޓް ދާއިރާ އަދި އިންޑަސްޓްރިއަލް ޙިދުމަތްދޭ ފަރާތްތަކަށް ޙާއްސަކޮށްގެން ހިންގޭ ޕްރޮމޯޝަންކެވެ.

ޔަންމާ ޖަނަރޭޓަރަކީ އުމުރު ދިގު، ޙަރަދުކުޑަ އަދި ގެންގުޅެން ފަސޭހަ އަދި ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ އަދި އެންމެ ކުރިއަރާފައިވާ ގައުމުތަކުގައިވެސް ބޭނުންކުރަމުންދާ ބްރޭންޑެކެވެ.

އެމްޓީސީސީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައިދިނުމެވެ. އެގޮތުން ކޮންމެ އަހަރަކު ވެސް އެކި އެކި ޕްރޮޑަކްޓްތަކުން ކަސްޓަމަރުންނަށް ލުއިފަސޭހަ ޕްރޮމޯޝަންތައް ބޭއްވުމާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެމްޓީސީސީގެ ކަސްޓަމަރުންނާއި ބައްދަލުކޮށް ޓްރެއިނިންގ އަދި މައުލޫމާތު ދިނުމުގެ ހަރަކާތްތައް އެކުންފުނިން އަބަދުވެސް ރާވާ ހިންގަމުން ދެއެވެ.