ވިޔަފާރި

އެޗްއާރުގެ ލައިފް ޓައިމް އެވޯޑް، ދީދީ އާއި ޝުކުރީއަށް

Mar 5, 2018

ރާއްޖޭގެ ހިއުމަން ރިސޯސް (އެޗްއާރު) ދާއިރާގެ "ލައިފްޓައިމް އެޗީވްމެންޓް އެވޯޑް" ސިމްޑީ ގްރޫޕްގެ ޗެއާމަން އިބްރާހީމް މުހައްމަދު ދީދީ އަށާއި ފިހާޅޮހި ރިސޯޓުގެ އެގްޒެކެޓިވް ހައުސްކީޕަރު ހުސެއިން ޝުކުރީ އަށް ލިބިއްޖެ އެވެ.

އުރީދޫގެ މެއިން ސްޕޮންސާއާއެކު، ދަރުބާރުގޭގައި އާދިއްތަ ދުވަހު ބޭއްވި "އެޗްއާރު ސަމިޓު އެންޑް އެކްސްޕޯ" ގައި ހިއުމަން ރިސޯސް ދާއިރާ އިން ލައިފްޓައިމް އެޗީވްމެންޓް އެވޯޑް ސިމްޑީ އިބްރާހީމް މުޙައްމަދު ދީދީ އަށާއި ޝުކުރީ އަށް ލިބިވަޑައިގަތީ މި ދާއިރާ އަށް ކޮށްފައިވާ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ. ސިމްޑީގެ ޗެއާމަން އިބްރާހީމް މުހައްމަދު ދީދީ ވަނީ މި ދާއިރާގައި ގިނަ ހިދުމަތްތަކެއް ކުރައްވާފަ އެވެ. އަދި ޝުކުރީ ވަނީ އެއް ކުންފުންޏެއްގައި އެއް ދާއިރާ އަކަށް 30 އަހަރަށް ވުރެ ގިނަ ދުވަހު މެދުކެނޑުމެއްނެތި ހިދުމަތްކޮށްފަ އެވެ.

އެޗްއާރު މޯލްޑިވްސްއިން ބޭއްވި މި އިވެންޓުގައި ވަނީ "ފިފްޓީ މޯސްޓް ޓެލެންޓެޑް އެޗްއާރު ލީޑާސް" ގެ ގޮތުގައި ހިއުމަން ރިސޯސް ދާއިރާއިން ރާއްޖޭގައި ފާހަގަ ކޮށްލެވޭ 50 މީހުން ހޮވައި އެމީހުންގެ އަގު ވަޒަންކޮށްފަ އެވެ. މި އެވޯޑް 50 ފަރާ ތަކަށް ދީފައިވަނީ އެވޯޑަށް ކުރިމަތިލި 174 ފަރާތުގެ ތެރެއިން ފަނޑިޔާރުން އިވޭލުއޭޓް ކުރުމަށްފަހުގަ އެވެ.

އެޗްއާރު މޯލްޑިވްސް އިން އެވޯޑް ދިނުމުގައި ބަލާފައިވާ ކަންތައްތަކަކީ ކުންފުނީގެ އެޗްއާރު ދާއިރާގެ އެސިސްޓެންޓް މެނޭޖަރަށް ވުރެ މަތީ މަގާމެއްގައި ހުރުމާއި އެ ދާއިރާއަށް 5 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކޮށްފައިވުމާއި އަދި 50 މުވައްޒަފުންނަށްވުރެ ގިނަ މުވައްޒަފުން މަސައްކަތްކުރާ ކުންފުންޏެއްގައި ކަމުގައިވުން ހިމެނެ އެވެ.

މިއީ ރާއްޖޭގައި އެޗްއާރު ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ހާއްސަކޮށްގެން މިފަދަ ގޮތަކަށް އެވޯޑް ހަފްލާއެއް ބޭއްވި ފުރަތަމަ ފަހަރެވެ.

ޝުކުރީއާ ބެހޭ ގޮތުން އަވަސްގައި ހަދާފައިވާ އާޓިކަލްއެއް

އެޗްއާރު މޯލްޑިވްސް އިން ދޭ އެޗްއާރު ލީޑާޝިޕް އެވޯޑް މި އަހަރު ރާއްޖޭގެ ރިސޯޓްތަކާއި ބޮޑެތި ކުންފުނިތަކުގެ ހިއުމަން ރިސޯސް ދާއިރާގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކަށް ވަނީ ލިބިފައެވެ. މި އެވޯޑްގެ މަގުސަދަރުގައި ހިއުމަން ރިސޯސް ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ އަގު ވަޒަންކޮށް ހިތްވަރުދިނުމެވެ. އަދި ކޮންމެ އަހަރަކު ވެސް މިފަދަ ހަފްލާއެއް ބާއްވާގޮތަށް ވަނީ އެޗްއާރު މޯލްޑިވްސްއިން ހަމަޖައްސާފައިވެ އެވެ.