ވިޔަފާރި

އީވޯ ހޯމް ނިއުއިޔާ ޕްރޮމޯޝަންގެ ނަސީބުވެރިން ހޮވައިފި

Mar 5, 2018

އީވޯ ހޯމްއިން އާ އަހަރާ ދިމާކޮށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަންގެ ނަސީބުވެރިން މިއަދު ހޮވައިފި އެވެ.

"ނިއު އިޔާ ޕްރޮމޯޝަން" ނަމުގަ ކުރިއަށް ގެންގޮސްފައިވަނީ އަލަމާރި އާއި އެނދަށް ހާއްސަކުރި ޕްރޮމޯޝަނެކެވެ. މި ޕްރޮމޯޝަންގައި 10 ޕަސެންޓާއި 15 ޕަސެންޓުގެ ޑިސްކައުންޓެއް ދީފައިވެ އެވެ. މި ޕްރޮމޯޝަންގައި އަލަމާރި 7،000ރ. ވަރަށް ވިއްކާފައިވެ އެވެ. މީގެ އިތުރުން ސްޓޯންގެ ބައެއް ވައްތަރުތަކުގެ އަގު ވެސް 40 ޕަސެންޓް ވަރު ހެޔޮކޮށް ވިއްކާފައިވެ އެވެ.

އީވޯ ހޯމްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮމޯޝަންގެ ގުރުއަތު ނެގީ އީވޯ ހޯމްގެ މުވައްޒަފުންނެވެ.

މި ޕްރޮމޯޝަންގެ އެއްވަނަ އިނާމަކަށް ހުށަހެޅި، ސީމަންސް ބްރޭންޑުގެ ސްޓޭންޑިން ފްރިޖެކެވެ. އަދި ދެވަނަ އިނާމަކަށް ހުށަހަޅާފައިވަނީ ޑައިނިން ޓޭބަލް ސެޓެކެވެ. އަދި ތިންވަނައަށް ހުށަހަޅާފައިވަނީ ސީމަންސް ބްރޭންޑުގެ ކަރަންޓު އުނދުނެކެވެ.

ރާއްޖޭގެ ލޯކަލް ބާޒާރާއި ޓޫރިޒަމަށް ހާއްސަކޮށް ގިނަ ޕްރޮޑަކްޓްތަކެއް ވިއްކާ އީވޯއަކީ މޫދު ކުޅިވަރު ސާމާނު ވިއްކާ ސިލްވަ ސޭންޑްގެ ސަބްސިޑަރީ އެކެވެ. އީވޯ އިން ފަރުނީޗަރުގެ އިތުރުން ފްލޯރިން ސާމާނު ވިއްކާ ފިހާރައެއް ވެސް ހިންގަ އެވެ. ޔޫރަޕުގެ މޮޅު އުފެއްދުންތައް ވިއްކާ އީވޯގެ ސްޓޯން މަސައްކަތް ކުރާ ތަނެއް ހުޅުމާލޭގައި ހިންގަ އެވެ.