ހަބަރު

އިދިކޮޅު ފަަރާތްތައް ލަންކާގައި މުޒާހަރާ ކޮށްފި

އެކެއް ފެބްރުއަރީގެ އަމުރު ތަންފީޒުކުރަން ގޮވާލާ ލަންކާގައި ދިރިއުޅޭ ބައެއް ދިވެހިން މުޒާހަރާ ކޮށްފި އެވެ. މުޒާހަރާ ކުރިއަށްގެންދިޔައީ ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީ ކުރިމަތީގަ އެވެ.

ސަރުކާރާ ދެކޮޅު ބައެއް ފަރާތްތަކުން މިއަދު ލަންކާގައި ކުރި މުޒާހަރާގައި ގޮވާލަމުންދަނީ ފެބްރުއަރީ އެކެއްގެ އަމުރު މިހާރުން މިހާރަށް ތަންފީޒު ކުރުމަށެވެ.

މުޒާހަރާ ކުރި ފަރާތްތަކުން ތަންފީޒުކުރަން ގޮވާލާ އަމުރުގައި ހިމެނޭ ގިނަ ކަންކަން ފަހުން ވަނީ ސުޕްރީމް ކޯޓުން ބާތިލުކޮށްފަ އެވެ. ނަމަވެސް އެ އަމުރު ތަންފީޒު ކުރުމަށް ގޮވާލާ އިދިކޮޅު ޕާޓީތަކުން ދަނީ ކޮންމެ ރެއަކުން މާލޭގައި މުޒާހަރާ ކުރަމުންނެވެ.

ލަންކާގައި އިދިކޮޅު ފަރާތްތަކުން މުޒާހަރާ ކޮށްފައިވާއިރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ހުންނެވީ ލަންކާގަ އެވެ. ނަމަވެސް މުޒާހަރާތަކުގައި ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.